މޯލްޑިވްސް ޕޮލިސް ސާވިސް

އަންހެނަކަށް އަނިޔާ ކުރިކަމުގެ ތުހުމަތު ފުލުހަށް

އިދިކޮޅު ކޯލިޝަނުން މާލޭގައި ކުރިއަށް ގެންދިޔަ މުޒާހަރާއެއްގައި އަންހެނަކު ހައްޔަރު ކުރުމަށް އަންހެން ފުުލުހުންތަކެއް ހަރަކާތްތެރި ވަނީ -- ފޮޓޯ: އަވަސް
0%
0%
0%

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަންހެނަކަށް އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް ފެންމަތިވެއްޖެ އެވެ.

އާ މި މައްސަލަ ފެންމަތި ކުރެއްވީ އިދިކޮޅު ކޮންގްރެސް ޕާޓީ (ޕީއެންސީ) ގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މަޖިލިސް މެންބަރު އާދަމް ޝަރީފް އެވެ.

ޝަރީފް މިއަދު ކުރެއްވި ޓްވީޓެއްގައި ވިދާޅުވީ ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަންހެނަކާ ދެކޮޅަށް ރޭގެ ވަގުތެއްގައި ހާލަތާ ނުބައްދަލު ބާރުގެ ބޭނުން ކުރުމާ ގުޅިގެން ވަރަށް ބޮޑަށް ކަންބޮޑުވެވަޑައިގަންނަވާ ކަމަށެވެ. އަދި ފުލުހުންގެ އެ އަމަލުގެ ސަބަބުން އަންހެން މީހާގެ އެތައް އަނިޔާއެއް ލިބިފައިވާ ކަން ފާހަގަ ކުރައްވާ ޝަރީފް ވަނީ އެކްސްރޭ އެއްގެ ފޮޓޯއެއް ވެސް ހިއްސާ ކުރައްވާފަ އެވެ.

ކުރީގެ ޑިފެންސް މިނިސްޓަރު، އިތުރަށް ވިދާޅުވީ އެއީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށާއި އެ މައްސަލަ މަޖިލީހާއި ކަމާ ގުޅޭ އިދާރާތަކަށް ހުށަހަޅުއްވާނެ ކަމަށެވެ.

އާދަމް ޝަރީފް ކުރައްވާފައިވާ ޓްވީޓް

ފުލުހުންގެ ބެލުމުގެ ދަށުގައި ހުރި އަންހެނަކަށް އަނިޔާކުރި ކަމަށް ބުނާ މައްސަލައެއް ފެންމަތިކޮށްފައި މިވަނީ ޓެރަރިސްޓް ހަމަލާއެއް ދޭން އުޅުނު ކަމުގެ ތުހުމަތުގައި ހައްޔަރު ކޮށްފައިވާ ތ. ތިމަރަފުށި، އަސްރަފީވިލާ، އަހްސަން މުހައްމަދަށް ފުލުހުން އަނިޔާ ކޮށްފައިވާ ކަމަށް ބުނާ މައްސަލައެއް އޭނާގެ އާއިލާ އިން ވެސް ފެންމަތި ކޮށްފައިވާ ވަގުތެއްގަ އެވެ.

އަހްސަނަށް އަނިޔާ ކުރި ކަމަށް ބުނާ މައްސަލަ ހިއުމަން ރައިޓްސް ކޮމިޝަން އޮފް ދަ މޯލްޑިވްސް (އެޗްއާރްސީއެމް) އާއި ފުލުހުންގެ އެތެރޭގައި ގާއިމުކޮށްފައިވާ ކަމާ ގުޅޭ ކޮމާންޑްތަކުން ދަނީ ބަލަމުންނެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910