ރައްޔިތުންގެ މަޖިލިސް

އަޒުހާންގެ މަރު ތަހުގީގުކުރަން ގޮވާލާ ކުއްލި މައްސަލައެއް

މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް -- ފޮޓޯ: މަޖިލިސް
0%
0%
0%

ހުޅުމާލޭގައި ގޮތްނޭނގޭ ގޮތަކަށް މަރުވެފައި އޮއްވާ ފެނުނު ޒުވާނާގެ މަރުގެ ތަހުގީގު ހަލުވިކުރުމަށް ސަރުކާރަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅުއްވައިފި އެވެ.

ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ އިދިކޮޅު މަޑުއްވަރި ދާއިރާގެ މެންބަރު އާދަމް ޝަރީފް އެވެ.

ކުއްލި މައްސަލައަށް ބަހުސް ކުރަން ފެންނަ ކަމަށް 25 މެންބަރުން ވޯޓު ދެއްވިއިރު ނުފެންނަ ކަމަށް 11 މެންބަރުން ވޯޓު ދެއްވި އެވެ.

އާދަމް ޝަރީފް ހުށަހެޅުއްވި ކުއްލި މައްސަލައިގައި ވަނީ ހުޅުމާލެއިން މިދިޔަ މަހުގެ 18 ވަނަ ދުވަހު މުހައްމަދު އަޒްހާން ކިޔާ ޒުވާނަކު ގެއްލިފައި ވަނިކޮށް، އޭނާ ކަމަށް ލަފާކުރެވޭ މީހެއްގެ ހަށިގަނޑު މިމަހުގެ ދެވަނަ ދުވަހު ހުޅުމާލެ ސްކޭޓް ޕާކްގެ ގަސްތަކުގެ ތެރެއިން ފެނިފައިވާކަން ފާހަގަކޮށްފަ އެވެ.

އާދަމް ޝަރީފް ވިދާޅުވީ މީހަކު ގެއްލުނުތާ 14 ވަރަކަށް ދުވަސްފަހުން އޭނާ ކަމަށް ބެލެވޭ މީހެއްގެ ހަށިގަނޑު ފެނިގެންދިޔައިރު ޕޯސްޓްމޯޓަމް ހަދައިގެން ނޫނީ އެއީ ކާކުކަން ދެނެ ނުގަނެވޭނެ ކަމަށާއި ހަށިގަނޑުވެސް ކުނިވެފައިވާ ކަމަށް ފުލުހުން ބުނެފައިވާ ކަމަށެވެ.

"ކޮންމެ ސިފައެއްގައި ނަމަވެސް، 14 ، 15 ދުވަސް ވަންދެން މީހަކު ގެއްލިގެން އުޅުމަށްފަހު، އޭނާ ހޯދުމަށްޓަކައި ފުލުހުން މަސައްކަތް ކުރަމުން ދިޔައިރު އޭނާ އޮތް ހިސާބު ފިޔަވައި އެހެން ހުރިހާ ތަނެއް ބެލިފައި، އެތަން ނުބެލި އޮތުމަކީ އެއީ ސަލާމަތް ބުއްދީގެ ވިސްނުމުން ވިސްނާއިރު މީހަކަށް ގަބޫލުކުރަން އުނދަގޫވާނެ ކަމެއް،" ފުލުހުންގެ ތަހުގީގާ މެދު ސުވާލު އުފައްދަވަމުން ވިދާޅުވެފައިވެ އެވެ.

މި ބާވަތުގެ މައްސަލަތައް ހިނގަމުންދާއިރު ސަރުކާރުން އެންމެ އެކަށީގެންވާ ގޮތަށް އިސްކަންދީގެން އަސްލު މައްސަލައަށް ވާސިލުވާ ތަން ނުފެންނަ ކަމަށްވެސް އާދަމް ޝަރީފް ވަނީ ވިދާޅުވެފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910