ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގެ ދަށުން އެކުލަވާލެވޭ ޕޮލިސް ބޯޑަށް އާންމުކޮށް ހުޅުވާލައިގެން އާންމު ރައްޔިތުންގެ ތެރެއިން ކުރިމަތިލާ މީހުންގެ ތެރެއިން ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ ދެ މެންބަރުންގެ މަާމަށް ކުރިމަތިލުމަށް މިއަދު ހުޅުވާލައިފި އެވެ.
ޕޮލިސް ބޯޑަށް އައްޔަންކުރެވޭ މެންބަރުންނަކީ ދިވެހި ފުލުހުންގެ ހިދުމަތުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ފަދައިން ފުލުހުންގެ ހިދުމަތުގައި ވަޒީފާ އަދާކުރާ ބަޔަކު ކަމުގައި ވެގެން ނުވާނެ އެވެ.
ޕޮލިސް ބޯޑަށް އައްޔަންކުރެވޭ މެންބަރުންގެ ދައުރަކީ ހަތަރު އަހަރު ދުވަހެވެ.
ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ކުރި އިއުލާނުގައި ވަނީ އާންމު ރައްޔިތުންގެ ތެރެއިން ޕޮލިސް ބޯޑަށް ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ 2 މެންބަރުންގެ މަގާމަށް ކުރިމަތިލުމަށް އެދޭ ފަރާތްތަކުން، އެފަރާތެއްގެ ދިވެހިރައްޔިތެއްކަން އަންގައިދޭ ކާޑުގެ ކޮޕީއާއި، އެފަރާތުގެ ވަނަވަރާއި ތަޢުލީމީ ސެޓްފިކެޓުތަކުގެ ކޮޕީއާއި، ލިބިފައިވާ މަސައްކަތު ތަޖުރިބާގެ މަޢުލޫމާތު (ލިޔުމުން) އަދި އެފަރާތުން ފުރިހަމަކޮށްފައިވާ އެޕްލިކޭޝަން ފޯމާއި، ކުށުގެ ރެކޯޑު ފޯމާއެކު މި މަހުގެ 24 ވަނަ ދުވަހުގެ މެންދުރު 12:00 ގެ ކުރިން މަޖިލީހުގެ އިދާރާއަށް ހުށަހެޅުމަށް އެދިފަ އެވެ.