ހަބަރު

އިބްތިހާލް "މަރާލި" މައްސަލައިގައި ޖެންޑާ އާއި ފުލުހުންގެ މައްޗަށް ތަހުގީގެއް ހިންގަން އަމުރުކޮށްފި

Jan 29, 2015

ވ. ރަކީދޫގައި އިއްޔެ އަނިޔާވެރިކޮށް މަރާލާފައި އޮއްވާ ފެނުނު މުހައްމަދު އިބްތިހާލްގެ މަރުގެ މައްސަލައިގައި ޖެންޑާ މިނިސްޓްރީ އާއި ފުލުހުންގެ މައްޗަށް ޖިނާއީ ތަހުގީގެއް ހިންގަން ހިއުމަން ރައިޓްސް ކޮމިޝަންގެ މައްޗަށް ޕްރޮސެކިއުޓާ ޖެނެރަލް މިއަދު އަމުރު ކުރައްވައިފި އެވެ.

އެގޮތަށް އަމުރު ކުރެއްވިކަން ޕްރޮސެކިއުޓާ ޖެނެރަލް މުހުތާޒް މުހުސިން ވަނީ "އަވަސް" އަށް ކަށަވަރުކޮށް ދެއްވައިފަ އެވެ. މުހުތާޒް ވިދާޅުވީ އެގޮތަށް އަމުރު ކުރެއްވީ އެކަމުގައި ފުލުހުންނާއި ޖެންޑާ މިނިސްޓްރީގެ އިހުމާލު އޮތް ކަމަށް މިހާތަނަށް ބެލިބެލުމުން ފާހަގަވެފައިވާތީ ކަމަށެވެ.

އެކަމުގައި ދައުލަތުގެ އިހުމާލެއް އޮތްތޯ ބެލުމަށް ތިން ޕްރޮސެކިއުޓަރުންގެ މައްޗަށް އެކުލެވޭ ޓީމެއް ވެސް ޕީޖީ މުހުތާޒް އިއްޔެ ވަނީ އެކުލަވާލައްވައިފަ އެވެ.

ޕްރޮސެކިއުޓާ ޖެނެރަލްގެ ގާނޫނު ބުނާގޮތުން ޖިނާއީ ކުށެއް ކަމަށް ބެލެވޭ އަމަލެއް ހިންގާ ނަމަ އެކަމެއް ތަހުގީގު ކުރަން އެންގުމުގެ ބާރު ޕީޖީއަށް އޮވެއެވެ.