ގޫގުލް އެސިސްޓަންޓްގެ ބަދަލުގައި އެންޑްރޮއިޑް ފޯނުތަކަށް ގޫގުލް ޖެމިނައި މި އަހަރު ތައާރަފުކުރަނީ އެވެ. މިއީ ކީއްވެ ކުރާ ކަމެއްތޯ ބަޔަކު ސުވާލުނުކުރި ނަމަވެސް، އެންޑްރޮއިޑް ޑިވައިސްތަކަށް މި ބަދަލު ގޫގުލުން ގެންނާނެ އެވެ.
ގޫގުލުން ބުނީ، ގޫގުލް އެސިސްޓަން 2016 ގައި ތައާރަފުކުރީ ޑިވައިސްތައް ބޭނުންކުރާ މީހުންގެ އަމިއްލަ އަޑުން ގޫގުލްގެ ޚިދުމަތްތައް ހޯދުމަށް ކަމަށެވެ.
މާނަ އަކީ ގޫގުލަށް ނިސްބަތްކުރެވޭ ހުރިހާ ޚިދުމަތެއް -- އިންޓަނެޓުން އެއްޗެއް ހޯދަން ޖެހުނު ނަމަވެސް، މޫސުން ބަލަން ބޭނުވި ނަމަވެ އަދި ގޫގުލް މެޕުން ތަނެއް ހޯދުމުގައި ވެސް އަމިއްލަ އަޑުން އެކަމެއް ކުރެވޭނެ ގޮތް ހަދައިދިނުން ކަމަށެވެ.
އެންޑްރޮއިޑް ފޯނުތަކުގައި ޖެމިނައި ބޭނުންކުރަން ފެށުމުން ކުރިން ލިބުނު ފަސޭހަތަކާ ނުބައްދަލު ފަސޭހަތަކެއް ތައާފަރުވާނެ ކަމަށް ގޫގުލުން ބުންޏެވެ.
އެންޑްރޮއިޑް ފޯނު ބޭނުންކުރާ މީހުންނަށް މިހާރު ވެސް ޖެމިނައި ބޭނުންކުރެވޭނެ ކަމަށް ގޫގުލުން ބުންޏެވެ. އަދި ގޫގުލް އެސިސްޓެންޓްގެ ބަދަލުގައި ޖެމިނައި -- ޖެމިނައިގެ ބަދަލުގައި ގޫގުލް އެސިސްޓަންޓް ވެސް މިހާރު ބޭނުންކުރެވޭނެ ކަމަށް ގޫގުލްގެ އޮފިޝަލުން ބުންޏެވެ.
ނަމަވެސް، މި އަހަރުގެ ކޮންމެވެސް ހިސާބެއްގައި، އެންމެ ބޮޑަށް ވައްތަރީ މި އަހަރުގެ ފަހުކޮޅު ގޫގުލްގެ ހުރިހާ ފޯނުތަކެއް، ޖެމިނައިއަށް އޮޓަމެޓިކުން ބަދަލުވުމެވެ.