އެމެރިކާގެ ކޮމްޕިއުޓަރު ސެކިޔުރިޓީ ސޮފްޓްވެއާ ކުންފުންޏެއް ކަމަށްވާ ވިޒް އިންކް 32 ބިލިއަން ޑޮލަށް ގޫގުލުން ގަންނަނީ އެވެ.
ގޫގުލުން ކުރި އިއުލާނެއްގައި ބުނެފައިވާ ގޮތުން ތަންފީޒީ ބާރުތަކުން ހުއްދަދީފި ނަމަ މި މުއާމަލާތް ފުރިހަމަކުރަން ގިނަ ދުވަސްތަކެއް ނުވާނެ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ކުންފުންޏެއް ގަތުމަށްޓަކައި ގޫގުލުން މިހާ ބޮޑު ހޭދައެއް އަދި ނުކުރެ އެވެ. މި އަދަދާ އަޅާކިޔޭ ވަރުގެ މާލީ މުއާމަލާތެއް ގޫގުލުން ކޮށްފައި ވަނީ 2012 މޮޓޮރޯ މޯބިލިޓީއަށެވެ.
މޮޓޮރޯލާ މޯބިލިޓީ ގަތުމަށް ގޫގުލުން 12.5 ބިލިއަން ޑޮލަރު ވަނީ ހޭދަކޮށްފަ އެވެ.
ވިޒް އިންކް މަޝްހޫރުވެފައި ވަނީ ކްލައުޑް ސެކިޔުރިޓީ ޕްލެޓްފޯމެއް ގޮތުގަ އެވެ. އެމެރިކާގެ ނިއުޔޯކްގައި މައި އޮފީސް ހުންނަ ވިޒް، ގޫގުލުން ގަތުމަށް ފަހު ގޫގުލް ކްލައުޑާ ގުޅުވާލާ އެވެ.
ގޫގުލުން ވިޒް ގަންނަނަ މަސައްކަތްަކުރާތާ ދުވަސްތަކެއް ވެއްޖެ އެވެ. ވިޒް ގަތުމަށް ގުގުލުން ކުރިން ބޭނުންވި އަގަކީ 23 ބިލިއަން ޑޮލަރެވެ. ނަމަވެސް، މި އަގު މާބޮޑަށް ހެޔޮ ކަމަށް ތަންފީޒީ ބާޜުތަކުން ބަލާފާނެ ކަމަށް ނިންމައި އަގުބޮޑުކުރީ އެވެ.
ރިޕޯޓްތައް ބުނާ ގޮތުން ގޫގުލުން މިވަރުގެ އަގެއް ކަނޑައެޅި ނަމަވެސް، ވިޒް ގަތުމަށް ކުރަން ޖެހޭ މަަސައްކަތްތައް ލުޔެއް ނުވާނެ އެވެ. ތަންފީޒީ ބާރުތަކުން ގޫގުލަށް ވަރަށް ބޮޑަށް ޕްރެޝަރުކުރާނެ ކަމަށް ޚަބަރުތައް ބުނެ އެވެ.
ވިޒް ގަތުމަށް ފަހު ގޫގުލްގެ ވިސްނުމަކީ ސެކިޔުރިޓީ ޚިދުމަތުގައި އާޓިފިޝަލް އިންޓެލިޖެންސް ބޭނުންކުރުމެވެ. ދެ ކުންފުނީގައި މިހާރު ތިބި މުވައްޒަފުންގެ ވަކި ބަޔަކު އޭއައި ސެކިޔުރިޓީއަށް ޚާއްސަވާނެ ކަމަށް ގޫގުލުން ބުންޏެވެ.