އެސްޓީއޯ

އެސްޓީއޯ އިން ޕެޓްރޯލް ވިއްކާ އަގު ހެޔޮކޮށްފި

އެސްޓީއޯ އިން ވިއްކާ ޕެޓްރޯލްގެ އަގު ހެޔޮކޮށްފި އެވެ.

އެސްޓީއޯ އިން މީގެކުރިން ޕެޓްރޯލް ލީޓަރެއް ވިއްކަމުން ދިޔައީ 13.98 ރުފިޔާ އަށެވެ.

އެކަމަކު އެސްޓީއޯ އިން މިރެއިން ފެށިގެން ޕެޓްރޯލް ލީޓަރެއް ވިއްކަނީ 13.50 ރުފިޔާ އަށެވެ. މިއީ 48 ލާރީގެ އަގު ހެޔޮވުމެކެވެ.

އެސްޓީއޯ އިން ބުނީ އެ ކުންފުނިން އަބަދުވެސް މަސައްކަތް ކުރަނީ ރައްޔިތުންނަށް ވީހާވެސް ހެޔޮ އަގެއްގައި ތެޔޮ ވިއްކުމަށް ކަމަށެވެ.

ދުނިޔޭގެ ބާޒާރުގައި ތެލުގެ އަގު ދަށްވާ ނިސްބަތަކުން ރާއްޖޭގައި ވިއްކާ ތެލުގެ އަގަށްވެސް ހެޔޮ ބަދަލުތައް ގެންނާނެ ކަމަށްވެސް އެސްޓީއޯ އިން ބުންޏެވެ.