މޯލްޑިވްސް ބްލަޑް ސާވިސަސް (އެމްބީއެސް)ގެ އިސްވެރިންގެ އިސްތިއުފާއަށް ގޮވައި އެ ތަނުގެ ބޭރުގައި މުޒާހަރާކޮށްފި އެވެ.
އެމްބީއެސްގެ އިސްވެރިންނާ އެކު ބޭއްވި އެ ތަނުގައި ބޭއްވި ބައްދަލުވުމަށްފަހު އެތަނުގެ ވެރިންގެ އިސްތިއުފާއަށް ގޮވައި މުޒާހަރާ ކުރީ ތަނުގައި ހުރި މައްސަލަތަކަށް ހައްލެއް ހޯދައިދެވޭނެ ކަމުގެ ޔަގީންކަން ނުދެވުމުންނެވެ.
ތެލެސީމިއާ ކުދިންގެ މައިންބަފައިން ހިތްހަމަނުޖެހުނީ އެމްބީއެސްގައި ލިބެންޖެހޭ ބައެއް ވަސީލަތްތައް ނުލިބުމާއި، ކޮންމެހެން ހުންނަންޖެހޭ ބޭސް ނެތުމާއި ލޭ ދޭ މީހުން ދީފައި ހުންނަ ލޭ އެމްބީއެސްގެ އިހްމާލުން އުކާލަންޖެހުމާ އަދި ބަންދު ދުވަސްތަކުގައި އެމްބީއެސް ބަންދުކުރާ މައްސަލައިގައެވެ.
މިރޭ މުޒާހަރާ ކުރުމުގެ ކުރިން ތެލެސީމިއާ ކުދިންނާއި އެ ކުދިންގެ މައިންބަފައިން އެންމެ ފުރަތަމަ އެމީހުންގެ ކަންބޮޑުވުންތައް ހިއްސާކުރަމުން ދިޔައީ ސޯޝަލްމީޑިއާ ގައެވެ.