ކްރިމިނަލް ކޯޓް

އެޕާޓްމަންޓަށް ވަދެ މީހަކަށް އަނިޔާ ކުރި މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި

އެޕާޓްމެންޓަށް ވަދެ މީހަކަށް އަނިޔާ ކުރި މީހުންގެ ތެރޭގައި ހިމެނޭ މީހުން
0%
0%
0%

މާލޭގެ ގެއެއްގެ ވެރިމީހާއަށް ބިރުދައްކައި، އަނިޔާކުރި މައްސަލާގައި ހައްޔަރު ކުރި ގްރޫޕުގައި ހިމެނޭ މީހުންގެ ބަންދުގެ މުއްދަތު އިތުރުކޮށްފި އެވެ.

މާލޭގެ ގެއެއްގެ ވެރިމީހާ އަށް ބިރުދައްކައި، އަނިޔާކުރި މައްސަލައެއް ފެންމަތިވީ ރޯދަ މަސް ފެށުނު ތަނާހެންނެވެ.

މި މައްސަލާގައި ހައްޔަރު ކުރި މީހުން، އެއްވެސް މީހަކަށް އަނިޔާކޮށްފައި ނުވާނެ ކަމަށާއި އެ ގެއަށް ދިޔައީ އެ ގެ ސާފުކުރަން ކަމަށް އެ މީހުން ކުރިން ބުނެފައިވެ އެވެ.

ގަލޮޅުގައި ހުންނަ ގެއެއްގެ ވެރިމީހާ އަށް ބިރުދައްކައި އިންޒާރު ދިން މައްސަލައާއި ގުޅިގެން ހައްޔަރުކޮށްފައިވާ މީހުންނަކީ، އަލީ ނަވާފު، 21، ފަޒާ، ތ. ގުރައިދޫ | މުހައްމަދު އަޒާން، 23، ހަވޭލީ، ނ. މަނަދޫ | އިބްރާހިމް އަހުނަފް، 21، އެލަސް، ނ. ވެލިދޫ
އަދި މުހައްމަދު އަފްލާހު، 23، ރީތިހިޔާ، އއ. މާޅޮސް އެވެ.

މި ހަތަރު މީހުންގެ ބަންދަށް ފުރަތަމަ ޖެހި 15 ދުވަސް ހަމަވެގެން، ދެވަނަ ފަހަރަށް ކޯޓަށް ގެންދިއުމުން، އިތުރު 15 ދުވަސް ވަނީ އެ މީހުންގެ ބަންދަށް ޖަހާފަ އެވެ.

ގޭގެ ވެރިމީހާއަށް އަނިޔާކުރި މަންޒަރުތަކެއް ފެންނަ ވީޑިއޯ ސޯޝަލް މީޑިއާގައި އާންމުވެފައިވެ އެވެ.

ވީޑިއޯއިން ފެންނަނީ ގޭގެ ވެރިމީހާގެ އަނގައިގައި ޓޭޕު އަޅައި ބަންދުކޮށް، އެތަނުގައި ހިމެނޭ އެކަކު، ގޭގެ ވެރިމީހާ ހިފަހައްޓައިގެން ހުންނައިރު އިތުރު އެހެން މީހަކު ރޯކޮށްފައި އޮތް ސިނގިރޭޓެއް ގޭގެ ވެރިމީހާގެ ގައިގައި ޖައްސާ މަންޒަރެެވެ. އިތުރު މީހަކު ބޮޑު ހީރަސް ދައްޗަކުން ޖަހަންވެސް މަސައްކަތް ކުރެ އެވެ.

މި ގްރޫޕުގެ ބަންދު އަމުރު ރިޕޯޓުގައި އެ މީހުންނާ ހަވާލާދީ ބުނެފައިވާ ގޮތުގައި އެ މީހުން އެ ތަނަށް ދިޔައީ އެއީ ރައްޓެއްސަކު ހިފާފައިވާ ތަނަކަށްވާތީ އެތަން ސާފުކޮށްދިނުމަށް ކަމަށެވެ. އެތަނަށް ދިޔައީ ފައިސާ ލިބޭގޮތަށް އެތަން ސާފު ކުރަން ކަމަށާއި އެއްވެސް އެއްޗަކަށްވެސް ގެއްލުން ދީފައި ނުވާނެ ކަމަށް އެ މީހުންނާ ހަވާލާދީ ބަންދު އަމުރުގައި ބުނެފައިވެ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
March
SunMonTueWedThuFriSat
2324252627281234567891011121314151617181920212223242526272829303112345