މީހުން

އަމީރު މިޝާލް: ހުންނެވީ އާއިލީ ސިޔާސަތުތަކުގެ މަތީގައި

މިޝާލް އަލް އަހްމަދު އަލް ޖާބިރު އަލް ސަބާހް
0%
100%
0%

ކުވައިތުގެ އަމީރުކަމާ މިޝާލް އަލް އަހްމަދު އަލް ޖާބިރު އަލް ސަބާހް ހަވާލުވެވަޑައިގަތީ 2023 ވަނަ އަހަރު އެވެ. މިޝާލް އަލް އަހްމަދަކީ ކުވައިތުގެ ސަލާމަތީ ދާއިރާގައި ވަރަށް ގިނަ ތަޖުރިބާތަކެއް ހޯއްދަވައިގެން ހުންނެވި ބޭފުޅެކެވެ.

ކުވައިތުގެ އަމީރުކަމާ މިޝާލް އަލް އަހްމަދު ހަވާލުވެވަޑައިގަތީ އެމަނިކުފާނުގެ ބޭބެ -- އަމީރު ޝައިޚް ނައްވާފް އަލް އަހްމަދު އަލް ޖާބިރު އަލް ސަބާހް އަވަހާރަވެވަޑައިގަތުމާ ގުޅިގެންނެވެ.

އަމީރުކަމާ ހަވާލުވެވަޑައިގެންނެވިއިރު މިޝާލް އަލް އަހްމަދުގެ އުމުރުފުޅަކީ 83 އަހަރެވެ. އެމަނިކުފާނު އުފަންވެވަޑައިގަތީ ސެޕްޓެމްބަރު 27، 1940 ގައެވެ.

އަމީރު މިޝާލް ސްކޫލު މަރުހަލާ ނިންމެވީ ކުވައިތުގެ އަލް މުބާރާކިޔާ ސްކޫލުންނެވެ. އޭގެފަހުން އިނގިރޭސިވިލާތަށް ވަޑައިގެން ހެންޑަން ޕޮލިސް ކޮލެޖުން ގުރެޖުއޭޓްވެވަޑައިގެންނެވި އެވެ.

އަމީރު މިޝާލް ނިސްބަތްވަނީ ޝާހީ އާއިލާ އަލް ސަބާހް އަށެވެ. އެމަނިކުފާނަކީ މި އާއިލާގެ ތެރެއިން ސަލާމަތީ ދާއިރާގައި ވަރަށް މުހިއްމު މަގާމުތަކެއް އަދާކުރައްވާފައިވާ ބޭފުޅެކެވެ. ކުވައިތުގެ ސެކިއުރިޓީ އަދި އިސްތިޚުބާރާތީ ދާއިރާގައި އެމަނިކުފާނު ދިގު މުއްދަތަކު ހިދުމަތް ކުރެއްވި އެވެ.

އަމީރު މިޝާލް އަލް އަހްމަދު ކުވައިތުގެ އަމީރުކަމާ ހަވާލުވި ނަމަވެސް އެމަނިކުފާނުގެ ކުރިން އެ މަގާމުތައް ފުރުއްވި ބޭފުޅުން ގެންގުޅުއްވި ސިޔާސަތުތަކަށް މާބޮޑު ބަދަލުތަކެއް ނުގެންނަވަ އެވެ.

ކުވައިތުގެ ޒަމާނީ ތަރައްގީއަށާއި ސަލާމަތާ ރައްކާތެރި ކަމަށް އަމީރު މިޝާލް އިސް ދައުރެއް އަދާކުރައްވަ އެވެ. ކުވައިތުގެ ތަރައްގީގެ ދުވެލި އެހެން ހަރުފަތަކަށް ގެންދިއުމަށްޓަކައި އުމްރާނީ ބޮޑެތި މަޝްރޫއުތަކެއް މިހާރު ވަނީ ފައްޓަވާފަ އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910