މީހުން

ޕްރަބޮވޯ: ނާކާމީޔާބީގައި އިބްރަތް ހާސިލްކުރައްވައިގެން ކާމިޔާބު ހޯއްދެވި

ޕްރަބޮވޯ ސުބިއާންޓޯ ޖޮޖޯހަދިކުސުމޯ
0%
0%
0%

ޕްރަބޮވޯ ސުބިއާންޓޯ ޖޮޖޯހަދިކުސުމޯ އަކީ އިންޑޮނީޝިއާގެ އަށްވަނަ ރައީސް އެވެ. އިންޑޮނީޝިއާގައި 2024 ވަނަ އަހަރު އޮތް ރިޔާސީ އިންތިހާބު ކާމިޔާބު ކުރައްވައިގެން އެ ގައުމުގެ ރައީސް ކަމާ ޕްރަބޮވޯ ހަވާލުވެވަޑައިގަތީ އޮކްޓޫބަރު 20، 2024 ގައެވެ. ޕްރަބޮވޯ އަކީ އިންޑޮނީޝިއާގެ އަސްކަރިއްޔާގައި ހިދުމަތްކުރެއްވުމަށްފަހު ވެރިކަމަށް ވަޑައިގެން ތިންވަނަ ރައީސެވެ.

ޕްރަބޮވޯ ވަނީ 2019 އިން 2024 އަށް އިންޑޮނީޝިއާގެ ކުރީގެ ރައީސް ޖޮކޯ ވިދޯދޯގެ ދައުރުގައި ދިފާއީ ވަޒީރުކަން ކުރައްވާފަ އެވެ.

އަސްކަރީ ދާއިރާ އިން ކިޔަވާ ވިދާޅުވެ އަސްކަރިއްޔާގައި އެތައް އަހަރަކު ހިދުމަތް ކުރައްވާފައިވާ ޕްރަބޮވާ އަކީ އިންޑޮނީޝިއާގެ ރައީސް ކަމަށް އިންތިހާބުވެވަޑައިގެންނެވި އުމުރުން ދޮށީ ރައީސް އެވެ. ރައީސް ކަމާ ހަވާލުވެވަޑައިގެންނެވިއިރު އޭނާގެ އުމުރަކީ 72 އަހަރެވެ.

ޕްރަބޮވޯ ވަނީ އިންޑޮނީޝިއާގައި 2014 އަދި 2019 ގައި ބޭއްވި ރިޔާސީ އިންތިހާބުގައިވެސް އޭނާގެ ޕާޓީ -- ގެރިންދުރާ ޕާޓީގެ ރިޔާސީ ކެންޑިޑޭޓްގައި ވާދަކުރައްވާފަ އެވެ. އެ ދެ ފަހަރުވެސް އޭނާއަށް ނާކާމިޔާބާއާ ކުރިމަތިވެވަޑައިގަތީ ނިމިދިޔަ ދެ ދައުރުގެ ރައީސް ޖޮކޯ ވިޑޯޑޯއާ ވާދަކުރައްވައިގެންނެވެ.

ޕްރަބޮވޯގެ ރައީސް ކަމުގައި އިންޑޮނީޝިއާގައި މަތީ ތައުލީމުގެ ފެންވަރު ރަނގަޅު ކުރުމަށާއި، ސިއްހީ ދާއިރާއަށް ހެޔޮ ބަދަލުތަކެއް ގެނައުމަށާއި، އިޖުތިމާއީ ހަމަޖެހުމާއި އަދާލަތު ގާއިމުކުރުމަށް ގެންދަވަނީ މަސައްކަތްތަކެއް ކުރައްވަމުންނެވެ.

ޕްރަބޮވޯގެ އެންމެ ހާއްސަ އެއް ސިފައަކީ ރައްޔިތުންނާ ގާތުން މަސައްކަތް ކުރައްވައިގެން ރައްޔިތުންގެ އަޑުއައްސަވައި އިހްސާސްތައް ދެނެވަޑައިގެން ބަދަލުތައް ގެނައުމަށް މަސައްކަތް ކުރެއްވުމެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910