ކްރިމިނަލް ކޯޓް

ޓްރާންސްފޯމަރުން ވައްކަން ކުރި މީހާ އަނެއްކާވެސް ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށްފި

ސްޓެލްކޯ އިން މާލޭގައި ބަހައްޓާފައި ހުރި ޓްރާންސްފޯމަރަކުން ވައްކަން ކުރަނިކޮށް އަތުލައިގަތް މީހާ، ވައްކަމުގެ އެހެން މައްސަލައެއްގައި އަނެއްކާވެސް ހައްޔަރުކޮށްފި އެވެ.

ސްޓެލްކޯގެ މާލޭގެ ޓްރާންސްފޯމަރަކުން ވައްކަން ކުރަނިކޮށް މި އަހަރުގެ ޖެނުއަރީ މަހު ހައްޔަރު ކުރީ މ. ރޫބީ، ހުސައިން ނިޔާޒް، 36، އެވެ.

އެ ފަހަރު އޭނަ އަތުލައިގަތީ މެންދަމު 2:50 ހާއިރު މާފަންނު މަދުރަސާ ސަރަހައްދުގައި ހުރި ޓްރާންސްފޯމަރުން ވައްކަން ކުރަން އުޅެނިކޮށް ސީސީޓީވީ ކެމެރާއިން ފެނި ސްޓެލްކޯ އިން ފުލުހުންނަށް ރިޕޯޓްކުރުމާ ގުޅިގެންނެވެ.

ޖެނުއަރީ މަހު ފަހުކޮޅު ހުސައިން ނިޔާޒް ހައްޔަރުކޮށް ބަންދުވެސް ކުރި އެވެ.

އޭގެ ފަހުން އޭނާ އަލުން ވައްކަމުގެ މައްސަލައެއްގައި ހައްޔަރުކޮށް ކޯޓަށް ހާޒިރު ކުރުމުން، ހަތް ދުވަހަށް ބަންދުކޮށްފައި ބެހެއްޓުމަށް ވަނީ މުއްދަތު ޖަހާފަ އެވެ.

މި މީހާއަކީ ބަންދު ރެކޯޑްތަކެއް އޮތް މީހެއްކަން ބަންދު އަމުރުގައިވެސް ގާޒީ ފާހަގަކުރައްވާފައިވެ އެވެ.