މާރާމާރީ ހިންގުމުގެ މައްސަލަތަކެއްގައި ތުހުމަތު ކުރެވޭ ގްރޫޕެއް "ވާނުވާ" ބަންދަށް ލައިފި އެވެ.
ވާނުވާ ބަންދަށްލީ ގުރޫޕްގައި ޖުމްލަ 9 މީހަކު ހިމެނެ އެވެ. އެއީ މުޅިންވެސް އައްޑޫއާއި ފުވައްމުލަކަށް ނިސްބަތްވާ މީހުންނެވެ.
ވާނުވާ ބަންދަށްލާފައިވާ ގުރޫޕްގައި ހިމެނޭ މީހުން
- ޔޫސުފް މުހައްމަދު 21، ދުގެތިމާގެ ސ. ހިތަދޫ
- އަހްމަދު ސަހާއު އަޒީޒު 19، ކަސީރާގެ ސ. ހިތަދޫ
- ލޫތު އިބްރާހީމް 21، ސިލްވަރުވިލާ ސ. ހިތަދޫ
- މޫސާ ސާދިގު 31، ދުގެތިމާގެ ސ. ހިތަދޫ
- އަލީ ނަވާޒް އަމްޖަދު 25، މެޓްރޯވިލާ ސ. ހިތަދޫ
- އަހްމަދު ހުނައިފު އަބްދުއްސައްތާރު 24، ފެންވިލާގެ ދޫޑިގަމް ޏ. ފުވައްމުލައް
- މުހައްމަދު ސަހާފް ހަލީލް 21، ގިނަމާގެ ސ. މަރަދޫފޭދޫ
މި އެންމެންގެ މައްޗަށްވެސް ފުލުހުން ކުރާ ތުހުމަތަކީ މާރާމާރީގެ ތުހުމަތެވެ.
މި އެންމެން ޝަރީއަތް ނިމެންދެން ބަންދުކޮށްފައިވާއިރު މި މައްސަލައާ ގުޅޭ ފުލުހުންގެ އިންޓެލިޖެންސް ރިޕޯޓެއް ކޯޓަށް ވަނީ ހުށަހަޅާފަ އެވެ.
ވާނުވާ ބަންދު އާއްމުކޮށް ކިޔައި އުޅެނީ ތަހުގީގު މަރުހަލާ އަދި ޝަރީއަތުގެ މަރުހަލާ ނިމެންދެން ކުރާ ބަންދަށެވެ.
އެކި މައްސަލަތަކުގައި ތަހުގީގަށް ހައްޔަރުކޮށް ވާނުވާ ބަންދުގައި މީހުން ބޭތިއްބުން ނިމުމަކަށް ގެނައުމުގެ މަސައްކަތް ފެށުމަކީ ރައީސް ޑރ. މުހައްމަދު މުއިއްޒުގެ ރިޔާސީ ވައުދެކެވެ.