ޔުކްރޭން ހަނގުރާމައާ ގުޅިގެން ރަޝިއާއާ ދެކޮޅަށް އެމެރިކާއިން އަޅާފައި ހުރި ދަތިކުރުންތައް ނައްތާލުމަކީ، ހަނގުރާމަ ހުއްޓާލުމަށް ރަޝިއާގެ ޝަރުތު ލިސްޓުގައި ހިމެނޭ މާއްދާއެކެވެ.
ސައުދީ އަރަބިއްޔާގެ ރިޔާޒުގައި އޮތް -- އެމެރިކާ، ރަޝިއާ މަޝްވަރާތަކުގައި ވެސް ވަނީ މި މައުލޫއަށް ބަހުސްކޮށްފަ އެވެ.
މިކަމާ ގުޅޭ ގޮތުން ނޫސްވެރިންނަށް މައުލޫމާތުދެއްވަމުން، އެމެރިކާގެ ސެކްރެޓަރީ އޮފް ސްޓޭޓް މާކޯ ރޫބިއޯ ވިދާޅުވީ، ޝަރުތުތަކަކާ އެކު ދަތިކުރުންތައް ނައްތާލަން އެމެރިކާ ދެކޮޅު ނުހަދާ ކަމަށެވެ.
ނަމަވެސ،ް ސުލްހައިގެ މަޝްވަަރާތަކުގައި ރަޝިއާގެ އަމަލުތަކަމަށް ބަލައި، ދަތިކުރުންތައް މުޅިން ނައްތާލުގެމުގެ ބަދަލުގައި މުރާޖާކުރަން ޖެހުމަކީވެސް އެކަށީގެންވާ ކަމެއް ކަމަށް އޭނާ ވިދާޅުވި އެވެ.
މާކޯ ރޫބިއޯ ވިދާޅުވި ގޮތުން ރަޝީއާއާ ދެކޮޅަށް އަޅާފައި ހުރި ފިޔަވަޅުތަކުގެ ތެރޭގައި، ޔޫރަޕިއަން ޔޫނިއަނުން އަޅާފައި ހުރި ދަތިކުރުންތައް ވެސް ހިމެނެ އެވެ. ޔޫރަޕިއަން ޔޫނިއަނުން އަޅާފައި ހުރި ދަތިކުރުންތައް ނައްތާލުމަކީ އެމެރިކާއަށް ކުރެވޭނެ ކަމެއް ނޫން ކަމަށް އޭނާ ވިދާޅުވި އެވެ.
މަޝްވަރާތައް މިހާރު އޮތް ހިސާބުން ދަތިކުރުންތައް ނައްތާލާ ނަމަ އޮތް ގޮތަކީ، އެމެރިކާއިން އަޅާފައި ހުރި ދަތިކުރުންތަކާއި ޔޫރަޕިއަން ޔޫނިއަނުން އަޅާފައި ހުރި ދަތިކުރުންތައް ވަކިކުރުން ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވި އެވެ.
މާކޯ ރޫބިއޯ ވިދާޅުވީ ހަނގުރާމަ ހުއްޓާލަން ރަޝިއާ ކުރާ ޝަރުތުތަކަށް އެމެރިކާ ވިސްނާނެ ކަމަށެވެ. އަދި މަސްލަހަތު ތަންދޭ އެންމެ ފުޅާކޮށް އެ ޝަރުތުތަކަށް ލުއިދޭން އެމެރިކާ ވިސްނާ ކަމަށެވެ.
ދަތިކުރުންތައް ނައްތާލުމުގައި ހަކަތައާ ގުޅުން ހުރި މުއާމަލާތްތަކަށް ވަކި އުސޫލެއް އަދި އާންމު އެހެން ވިޔަފާރިތަކަށް ވަކި އުސޫލަކުން ނިންމާފައި އޮތުމުން، ލުއިދިނުމުގައި އެމެރިކާގެ ވިސްނުމަކީ ދަރަޖަކުރުން ކަަމަށް އޭނާ ވިދާޅުވި އެވެ.
އެމެރިކާއިން އަޅާފައި ހުރި ދަތިކުރުންތައް ކުއްލިއަކަށް އުވައިނުލެވޭނެ ކަމަށް ސެކްރެޓަރީ އޮފް ސްޓޭޓް ވިދާޅުވި އެވެ. ނަމަވެސް، މަޝްވަރާކޮށް އަދި ޑިޕްލޮމެޓިކް ގުޅުމުގެ ތެރެއިން މުއާމަލާތްތައް ފަހިކުރެވިދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.