އެމްއެންޑީއެފް

ތެެލެސީމިއާ ސެންޓަރުގެ މަސައްކަތް ސިފައިން ފަށައިފި

0%
0%
0%

ހުޅުމާލޭގެ ފުރަތަމަ ފިޔަވަހީގައި ހުންނަ އޮރެންޖު ހިޔާއަށް ތެލެސީމިއާ ސެންޓަރު ބަދަލުކުރުން އަވަސް ކުރުމަށް ސިފައިންނާ މަސައްކަތް ހަވާލުކޮށްފައިވާތީ މިއަދު އެކަމުގެ އަމަލީ މަސައްކަތް ފަށައިފި އެވެ.

އެމްއެންޑީއެފުން ބުނީ މި މަސައްކަތަކީ މާލޭގައި ހިދުމަތް ދެމުންދާ ތެލެސީމިއާ ސެންޓަރު ވަގުތީގޮތުން ހުޅުމާލޭގެ އޮރެންޖު ހިޔާއަށް ބަދަލުކުރުމުގެ މަސައްކަތް އަވަސް ކުރުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އެދިވަޑައިގެންފައިވާތީ ގައުމީ މަސައްކަތެއްގެ ގޮތުގައި ސިފައިން ކުރިއަށްގެންދާ މަސައްކަތެއް ކަމަށެވެ.

އަމަލީ މަސައްކަތް ސިފައިން މިއަދު ފެށުމާ ގުޅިގެން ޗީފް އޮފް ޑިފެންސް ފޯސް، މޭޖާ ޖެނެރަލް އިބްރާހީމް ހިލްމީ ވަނީ މިއަދު އެ އިމާރާތަށް ޒިޔާރަތްކުރައްވައި، ސިފައިން ކުރަމުންދާ މަސައްކަތްތައް ބައްލަވާލައްވާފަ އެވެ.

އެމްއެންޑީއެފްގެ ސާވިސް ކޯގެ ބެލުމުގެ ދަށުން ކުރިއަށް ގެންދާ މިމަސައްކަތްތައް އެއްމަސް ދުވަހުގެ ތެރޭގައި ނިންމާލުމަކީ ސިފައިންގެ އަމާޒެކެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910