އީދު ފާހަގަ ކުރުން

އީދު ދުވަހަކީ އާދިއްތަ ދުވަސް، އީދު މުބާރަކް

އަންނަ އާދިއްތަ ދުވަހަކީ މި އަހަރުގެ ފިތުރު އީދު ދުވަސް ކަމުގައި ކަނޑައަޅައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

މިއަހަރުގެ ޝައްވާލު މަހުގެ ހަނދު ސާބިތު ކުރުމަށް މިރޭ ބޭއްވި ހާއްސަ ޖަލްސާއަށްފަހު އިސްލާމިކް މިނިސްޓްރީން އާންމުކުރި ހަނދާ ބެހޭ ބަޔާނުގައި ބުނެފައިވަނީ ރާއްޖޭގެ އެެއްވެސް ރަށަކަށް މިއަދު އިރުއޮއްސުނު އިރު ހަނދު ފެނިފައި ނުވާ ކަމަށެވެ. ނަމަވެސް އިސްލާމީ ބައެއް ގައުމުތަކަށް މިއަދު އިރުއޮއްސުނުއިރު ހަނދު ފެނިފައިވާތީ މާދަމާ -- އާދިއްތަ ދުވަހަކީ މިއަހަރުގެ ފިތުރު އީދު ދުވަސް ކަމަށެވެ.

މިއަހަރު އީދު ނަމާދުކުރުމަށް ހަމަޖެހިފައިވަނީ މާދަމާ ހެނދުނު 7:00 ޖަހާއިރު އެވެ.

ފިތުރު އީދުގެ ދުވަސްތައް މިއަހަރު މާލެ އާއި އަތޮޅުތަކުގެ ވެރިކަން ކުރާ ރަށްތަކާއި ސިޓީތަކުގައި ކުލަގަދަކޮށް ފާހަގަކުރަން ސަރުކާރުން ވަނީ ނިންމާފަ އެވެ.