ހަބަރު

ދަރިފުޅުގެ "ގާތިލު" ކަމަށް ބެލެވޭ މަންމަ ހައްޔަރުކޮށްފި

Jan 29, 2015

އިއްޔެ ވ. ރަކީީދޫގައި "މާރާލި" ތިން އަހަރުގެ ކުޑަ ފިރިހެން ކުއްޖާގެ "ގާތިލު" ކަމަށް ބެލެވިފައިވާ އެ ކުއްޖާގެ މަންމަ އާފިޔާ މުހައްމަދުމަނިކު ހައްޔަރުކޮށްފި އެވެ.

ޢުމުރުން 26 އަހަރުގެ އެ އަންހެންމީހާ ހައްޔަރުކޮށްފައިވަނީ ކޯޓުއަމުރެއްގެ ދަށުން މީގެ ކުޑައިރުކޮޅެއް ކުރިންނެވެ.

 

މި މައްސަލަ ތަޙުޤީޤު ކުރަމުންދަނީ ފުލުހުންގެ ސީރިއަސް އެންޑް އޯގަނައިޒްޑް ކްރައިމް ޑިޕާރޓްމަންޓާއި ފުލުހުންގެ ފެމިލީ އެންޑް ޗައިލްޑް ޕްރޮޓެކްޝަން ޑިޕާރޓްމަންޓް ގުޅިގެން އެކުލަވާލާފައިވާ ތަޙުޤީޤު ޓީމަކުންނެވެ.