ހައްވާ ޒުހާ

ޒުހާ މަރާ ގުޅިގެން ހައްޔަރުކުރި ބިދޭސީމީހާއަށް ދައުވާކުރަން ފޮނުވައިފި

މިދިޔަ ޖެނުއަރީ މަހު ކުރީކޮޅު މާލޭ މަގުމަތީގައި މަރާލާފައި އޮއްވާ ފެނުން ހައްވާ ޒުހާގެ މަރާ ގުޅިގެން ހައްޔަރުކުރި ބިދޭސީ މީހާގެ މައްޗަށް ދައުވާކުރަން ޕީޖީ އޮފީހަށް ފޮނުވައިފި އެވެ. މި މައްސަލައާ ގުޅިގެން ހައްޔަރުކޮށްފައިވަނީ ބަންގްލަދޭޝްގެ ފިރިހެނެކެވެ.

ޒުހާގެ މަރާ ގުޅިގެން ބިދޭސީ މީހާގެ އިތުރު ދެ ދިވެހިން ހައްޔަރުކުރި އެވެ. އެއީ 28 އަހަރުގެ ފިރިހެނަކާއި 50 އަހަރުގެ އަންހެނެކެވެ. އެ ދެމީހުން ވަނީ ދޫކޮށްލާފަ އެވެ.

ޒުހާގެ މައްސަަލައިގެ ތަހްގީގާއި ގުޅިގެން ފުލުހުން ކުރިން ބުނެފައި ވަނީ ތަހުގީގުން ދައްކާ ގޮތުން ޒުހާ މަރާލާފައިވަނީ ހ. ލާލުުކުރީގައި ހުސްކޮށް ހުންނަ ކޮޓަރިއެއްގެ ތެރޭގައި ބިދޭސީއަކުކަން ކަން ވެސް އެނގިފައިވާ ކަމަށެވެ.

ހ. ދޫހިމެރި ގޯޅިތެރެއަށް މަރާލައި އެއްލާފައި އޮތް ޒުހާގެ ޒުހާގެ އާއިލާއިން ބުނެފައި ވަނީ، ޒުހާ މަރުވި ރޭ އޭނާގެ ފަހަތުން މީހުންތަކެއް ދުވިތަން ބަޔަކަށް ފެނިފައިވާ ކަމަށެވެ. އަދި އޭނާގެ ކަރުގައި ޒަހަމްތަކެއް ހުރި ކަމަށް ވެސް ބުނެފައިވެ އެވެ.