ރާއްޖޭގެ ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް ރަސްމީ ދަތުރެއްގައި މިއަދު މޯލްޓާއަށް ވަޑައިގެންފި އެވެ.
ފޮރިން މިނިސްޓްރީން ބުނީ މިނިސްޓަރު ޚަލީލުގެ މިދަތުރުގައި މޯލްޓާގެ ބޮޑުވަޒީރުގެ ނައިބް އަދި ފޮރިން މިނިސްޓަރު އިއަން ބޯގްއާ ބައްދަލުކުރައްވައި ދެ ގައުމުގެ ގުޅުން އިތުރަން ބަދަހިކުރުމާ ގުޅޭގޮތުން މަޝްވަރާކުރައްވާނެ ކަމަށެވެ.
މިނިސްޓްރީން ބުނި ގޮތުގައި މޯލްޓާގެ ބައެއް ވަޒީރުންނާ ވެސް ޚަލީލް ބައްދަލުކުރައްވާނެ އެވެ. އެކަމަކު އޭގެ ތަފްސީލް ހިއްސާކޮށްފައެއް ނުވެ އެވެ.
މިނިސްޓަރު ޚަލީލްގެ އަރިހުގައި ފޮރިން މިނިސްޓްރީގެ ސެކްރެޓަރީ ޑރ. ހާލާ ހަމީދާއި ސީނިއާ އަންޑާ ސެކްރެޓަރީ ހަސަން ހުސައިން ޝިހާބުވެސް މޯލްޓާއަށް ވަޑައިގެންނެވި އެވެ.