ޑރ. އަބްދުﷲ ޚަލީލް

ޑރ. ޚަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބާ ބައްދަލުކުރައްވައިފި

0%
0%
0%

ފޮރިން މިނިސްޓަރު ޑރ. އަބްދުﷲ ޚަލީލް މޯލްޓާގެ ބޮޑުވަޒީރުގެ ނައިބު އަދި މިނިސްޓާ ފޮ ފޮރިން އެފެއާޒް އެންޑް ޓޫރިޒަމް ޑރ. އިއަން ބޯގްއާ ބައްދަލުކުރައްވައިފި އެވެ.

މޯލްޓާގެ ބޮޑުވަޒީރުގެ ނައިބުގެ އޮފީހުގައި ބޭއްވެވި މި ބައްދަލުކުރެއްވުމުގައި ރާއްޖެއާއި މޯލްޓާ އަކީ ވަރަށް އެއްގޮތް ކަންތައްތަކެއް ހުރި ދެ ގައުމު ކަމަށާއި މި ދަތުރުފުޅަކީ ދެ ގައުމުގެ ދެމެދުގައި އޮތް ގުޅުން އިތުރަށް ބަދަހިކުރުމަށް އެޅުނު މުހިންމު ފިޔަވަޅެއްކަން ދެ ވަޒީރުން ފާހަގަކުރެއްވި އެވެ.

މި ބައްދަލުކުރެއްވުމުގައި ކުދި ޖަޒީރާ ގައުމުތަކުގެ ހައިސިއްޔަތުން ރާއްޖެއާ މޯލްޓާއާ ހާއްސަކޮށް އިޢާދަކުރަނިވި ހަކަތައަށް ބަދަލުވުމުގައި ތިމާވެށީގެ ދާއިރާއިން ގުޅިގެން މަސައްކަތް ކުރުމަށާއި ވިޔަފާރީގެ އާ ފުރުޞަތުތައް އިތުރުކުރުމަށާއި ބޭރުގެ އިންވެސްޓްމަންޓްތައް އިތުރުކުރުމަށް މަސައްކަތްކުރެއްވުމަށް ވަޒީރުން ވަނީ އެއްބަސްވެވަޑައިގެންފަ އެވެ.

މީގެ އިތުރުން ފަތުރުވެރިކަމާއި މަތީ ތައުލީމު ދާއިރާއިން ގުޅުން ވަރުގަދަކޮށް ދެ ގައުމުގެ ރައްޔިތުންގެ މެދުގައި ގުޅުން ބަދަހިކުރުމުގެ މުހިންމުކަމުގެ މައްޗަށް ދެވަޒީރުންވެސް އަލިއަޅުއްވާލެއްވި އެވެ.

Send us your opinion
މި ލިޔުމަށް 48 ގަޑި އިރު ވެފައިވާތީ ކޮމެންޓުކުރުމުގެ ފުރުސަތެއް ނެތް. މާފުކުރައްވާ!
April
SunMonTueWedThuFriSat
303112345678910111213141516171819202122232425262728293012345678910