އއ. ރަސްދޫގައި މިދިޔަ މަހުގެ ތެރޭގައި ހިނގި އަލިފާނުގެ ހާދިސާއެއްގައި ފިހުނު ފިރިހެން މީހާއަށް އިތުރު ފަރުވާ ދިނުމަށް ރާއްޖެއިން ބޭރަށް ގެންގޮސްފި އެވެ.
ރަސްދޫ އަލިފާނުގެ ހާދިސާއާއި ގުޅިގެން މާލެއަށް ގެނެސް ފަރުވާ ދެމުން ދިޔައީ އުމުރުން 31 އަހަރުގެ އައިޝަތު ރިފްގާ އާއި އަލީ ސާމިން އެވެ.
އައިޖީއެމްއެޗްއަށް ރިފްގާ ގެންދިޔައިރު އޭނާގެ ހަށިގަނޑު 83 ޕަސަންޓް އަދި ސާމިންގެ ހަށިގަނޑުގެ 78 ވަނީ ފިހިފަ އެވެ.
މާލެއަށް ގެނެސް ފަރުވާ ދެމުން ދަނިކޮށް ރިފްގާ ވަނީ މިދިޔަ މަހުގެ 31 ވަނަ ދުވަހުގެ ރޭ މަރުވެފަ އެވެ. ރިފްގާ މަރުވެފައިވަނީ ރާއްޖޭން ބޭރުން ބާން ސްޕެޝަލިސްޓް ޑޮކްޓަރެއްވެސް މާލެ ގެނެސްފައި ވަނިކޮށެވެ.
ސާމިންއަށް ފަރުވާ ދިނުމަށް އިއްޔެ ރާއްޖެއިން ބޭރަށް ގެންދިޔަ ނަމަވެސް އޭނާގެ ހާލު އަދިވެސް ސީރިއަސް ކަމަށް އެނގިފައިވެ އެވެ.
ރަސްދޫ އަލިފާންގެ ހާދިސާގައި ރިފްގާއާއި ސާމިން ދިރިއުޅެމުން ދިޔަ ގެއަށްވެސް އަދި އެމީހުން ދިރިއުޅޭ ކޮޓަރިއަށްވެސް އަދި އެ ގޭގައި ދިރިއުޅޭ އެހެން މީހަކަށްވެސް އެ މީހުންގެ ފަސް އަހަރުގެ ދަރިފުޅަށްވެސް މާބޮޑު އަނިޔާއެއް ގެއްލުމެއް ލިބިފައެއް ނުވެ އެވެ.