ހަބަރު

އާއިލާއެއް ކަށުނަމާދަށް ދިޔަ ވަގުތު ގެއިން ވައްކަން ކުރި މީހަކު ހައްޔަރުކޮށްފި

Jan 29, 2015

ވިލިމާލޭގައި މަރުވި މީހެއްގެ އާއިލާގެ ކަށު ނަމާދަށް ސަހަރާއަށް ދިޔަވަގުތު އެގެއަށް ވަދެ ވައްކަންކުރި މީހަކު ހައްޔަރުކޮށްފި އެވެ.

ފުލުހުން ބުނީ އެ މީހާ ހައްޔަރު ކުރީ އެއްޗެއްހިތަކެއް ހިފައިގެން އެގެއިން ނުކުތް ވަގުތު އޭނާގެ ޢަމަލުތައް ހުރި ގޮތުން ތުހުމަތު ކުރެވިގެން މިދިއަ އަންގާރަ ދުވަހުގެ ރޭގައި ކަމަށާއި އޭނާގެ އަތުން އައިޕެޑެއް ފެނުނު އިރު ވަގަށް ނަގާފައިވާ ފޯނުތަކަކާއި ގަހަނާތަކެއް ފެނުނު ކަމަށެވެ. .

އެ މީހާއަކީ ތޫނު ހަތިޔާރު ބޭނުންކޮށްގެން ބިރުދެއްކުމާއި ވައްކަމާއި ފޭރުމާއި މަސްތުވާތަކެތީގެ މައްސަލަތަކުގެ ރެކޯޑް އޮންނަ މީހެއް ކަމަށް ވެސަް ފުލުހުން ބުންޏެވެ.