އާސެނަލް އަށް ތަށިތަކެއް ނުލިބި ސަޕޯޓަރުންގެ ރުޅިގަދަވި ނަމަވެސް ކޯޗު އާސެން ވެންގާ އަކީ ކުލަބުގެ އެންމެ ބޮޑު ރައުސޫމާލުކަމަށް އެކުލަބުން ބުނެފި އެވެ.
އާސެނަލްގެ ދެވަނަ އަށް އެންމެ ބޮޑު އެއް ހިއްސާދާރު އަލީޝާ އުސްމަނޯވެ ބުނީ ވޭތުވެދިޔަ 20 އަހަރު އެކުލަބުގެ ކޯޗަކަށް ހުރި ވެންގާގެ ހިދުމަތް ކުލަބަށް އަބަދުވެސް ބޭނުންވާ ކަމަށާއި އޭނާ ކޯޗަކަށް ނެތް ދުވަހަކުން ވެސް ކުލަބުގެ ޕްލޭންތަކުގައި ވެންގާ އަށް ޖާގަދޭން ޖެހޭ ކަމަށެވެ.
ނަމަވެސް އާއްމުންގެ ތާއިދު ހޯދުމުގެ ގޮތުން އޭނާ ބުނީ އަހަރުތަކެއް ވަންދެން އާސެނަލް އޮތީ ކާމިޔާބީ އަށް ފެންބޮވައިގެންފައި ކަމަށާއި މިދިޔަ އަހަރުތަކުގަ އާއި މި އަހަރުގެ އިނގިރޭސި ލީގު ކާމިޔާބު ނުކުރެވި ކުލަބު ފެއިލްވެފައިވާ ކަމަށެވެ.
ވެންގާ އަށް ކުލަބުގެ ވެރިންގެ ތާއީދު ލިބުނު ނަމަވެސް މި ސީޒަނުގައި އާސެނަލް އަށް ލިބެމުންދާ ނާކާމިޔާބީގެ ސަބަބުން ސަޕޯޓަރުން ވަނީ ވެންގާ ދެކެ ވަރަށް ބޮޑަށް ނުރުހިފަ އެވެ. ބައެއް ސަޕޯޓަރުންވަނީ ވެންގާ އަށް މިހާރު ކޯޗަކަސް ހުރެވިއްޖެކަމަށާއި އަމިއްލަ އަށް އިސްތިއުފާދިނުމަށް ވެސް ގޮވާލައިފަ އެވެ.