ހަބަރު

އައިޔޫއެމްގެ ފުތަރަމަ ދަސްވެނި ހަފުލާ އަންނަ މަހު އެކެއްގައި

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ފުރަތަމަ ދަސްވެނިވުމުގެ ހަފުލާ ބާއްވާ ތާރީހު ފަސްކޮށްފި އެވެ.

އެ ޔުނިވާސިޓީން ބުނީ، އައިޔޫއެމްގެ ދަރިވަރުން ދަސްވެނިވުމުގެ ހަފްލާ އިހްތިފާލު ކުރަން ކުރިން ނިންމާފައި އޮތީ މި މަހުގެ 31 ވަނަ ދުވަހުގެ ރޭގައި ކަމަށެވެ. ނަމަވެސް މިހާރު މި ހަފުލާ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. މި ހަފްލާއަކީ، އެ ޔުނިވާސިޓީގެ ދަރިވަރުންނަށާއި މުއައްޒަފުންނަށް ވަރަށް ތާރީހީ ހަފްލާއެކެވެ.

މިއީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، 2015 ވަނަ އަހަރު، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ބަދަލުވުމަށްފަހު، އިހްތިފާލުކުރެވޭ ދަސްވެނިވުމުގެ އެންމެ ފުރަތަމަ ހަފްލާއެވެ.

ދަސްވެނިވުމުގެ ހަފްލާ ބޭއްވެނީ، ދަރުބާރުގޭ، ރަންނަބަނޑޭރި މާލަމުގަ އެވެ. ދަސްވެނިވާ ދަރިވަރުންގެ ނަން ލިސްޓް، ދަސްވެނިވުމުގެ ހަފްލާގެ ތިން ހަފްތާ ކުރީންސުރެ، އައިޔޫއެމްގެ ނޯޓިސް ބޯޑްގައި ވަނީ ބަހައްޓާފަ އެވެ. މި ހަފުލާގައި 499 ދަރިވަރުން ދަސްވެނިވާނެ އެވެ.