ހަބަރު

ޖޭޕީ-އެމްޑީޕީގެ މަޝްވަރާތައް މިރޭ ބާއްވަނީ

Jan 29, 2015

ގާނޫނު އަސާސީއާ ހިލާފަށް ސަރުކާރުން ކަންކަން ކުރަމުންދާ ކަމަށް ބުނެ، ގާނޫނު އަސާސީ ހިމާޔަތް ކުރަން، ކުރަންޖެހޭ ކަންކަމާ ބެހޭ ގޮތުން އެމްޑީޕީ އާއި ޖޭޕީން ކުރިޔަށް ގެންދާ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން މިރެއަށް ތާވަލުކޮށްފި އެވެ.

ދެ ޕާޓީގެ މަޝްވަރާތަކުގެ ދެވަނަ ބައްދަލުވުން މިރޭ 10:00 ޖަހާއިރު ބާއްވާ ގޮތަށް ހަމަޖައްސާފައި ވަނީ ޖޭޕީގެ މައު ޖަހަގަ މ. ކުނޫޒުގައެވެ.

މި މަޝްވަރާތަކުގައި އެމްޑީޕީގެ ފަރާތުން ބައިވެރިވަނީ އެ ޕާޓީގެ ޗެއާޕާސަން އަލީ ވަހީދާއި ރައްޔިތުންގެ މަޖިލީހުގެ ކުރީގެ ރައީސް އަބްދުﷲ ޝާހިދާއި މާލޭ ސިޓީގެ މޭޔަރު މުހައްމަދު ޝިހާބެވެ

ޖޭޕީން ބައިވެރިވަނީ އެ ޕާޓީގެ ދެ ނައިބު ލީޑަރުން ކަމުގައިވާ އަމީން އިބްރާހިމް އަދި ޑރ. ހުސައިން ރަޝީދު ހަސަންގެ އިތުރުން ރައްޔިތުންގެ މަޖިލީހުގެ ކިނބިދޫ ދާއިރާގެ މެމްބަރު އަބްދުﷲ ރިޔާޒާއި މަތިވެރީ ދާއިރާގެ މެމްބަރު ހުސައިން މުހައްމަދާއި ކެންދޫ ދާއިރާގެ މެމްބަރު އަލީ ހުސައިނާއި އަހްމަދު ސަމީރެވެ.

އެމްޑީޕީ އާއި ޖޭޕީގެ މަޝްވަރާތައް މިރޭ ބާއްވާއިރު ޕީޕީއެމްގެ ޖަލްސާއެއް މިރޭ ކާނިވާ ސްޓޭޖްގައި އޮވެއެވެ.