އެމްއެމްއޭ

ފަންސަވީސް ލާރި މަދުވެގެން ޖަހައިގެން ގެނެސްފި

Mar 27, 2016
1
  • 25ލގެ ސްޓޮކެއް ގެނައީ މަދުވުމުން
  • ފައިސާގެ ފެންވަރު ރަނގަޅު ކުރަން މަސައްކަތް ކުރޭ
  • ރަންދިޔަ ފަހެއްގެ ނަމުގައި އާ ނޫޓުތަކެއް ނެރެފައިވޭ

ފަންސަވީސް ލާރީގެ ފައިސާ ފޮތި މަދުވުމުގެ ސަބަބުން ފައިސާ ޖަހައިގެން ގެނެސްފައިވާ ކަމަށް ރާއްޖޭގެ މަރުކަޒީ ބޭންކުން ބުނެފި އެވެ.

ރާއްޖޭގެ މަރުކަޒީ ބޭންކް (އެމްއެމްއޭ) އިން ބުނީ 25ލ. ގެ ސްޓޮކް މަދުވުމުގެ ސަބަބުން ފައިސާ ޖަހައިގެން ގެނެސް ދައުލަތުގެ ހަޒާނާގައި ރައްކާކޮށްފައިވާ ކަމަށެވެ.

ދައުލަތުގެ ހަޒާނާ ބަލަހައްޓައި މެނޭޖުކޮށް އަދި ރާއްޖޭގެ ބޭންކިން ނިޒާމަށް ފާރަވެރިވާ އެމްއެމްއޭއިން ދާދިފަހުން ވަނީ ރާއްޖޭގައި ބޭނުން ކުރުމަށް މުޅިން އާ ނޫޓެއް ތައާރަފުކޮށްފަ އެވެ. "ރަންދިޔަ ފަހެއް" ގެ ނަމުގައި ތައާރަފު ކުރި މި ނޫޓަކީ ކުރިން ގެންގުޅެމުން ދިޔަ ނޫޓުތަކާ ހިލާފަށް ސަލާމަތީ ގޮތުން ވަރުގަދަ ނޫޓު ތަކެވެ.

މިނިވަން 50 އާ ގުޅުވައިގެން "ޕޮލިމާ ކަރުދާހު" ގައި ހަދަފައިވާ ރަންދިހަ ފަހެއް ސީރީސްގައި ހިމެނެނީ ތަފާތު ކުލަތަކުގައި ނެރޭ 10، 20، 50، 100 500 އަދި އަލަށް ތައާރަފްކުރި 1000 ރުފިޔާގެ ނޫޓު ހިމެނެ އެވެ. މި ސިރީސްގައި 5 ރުފިޔާގެ ނޫޓުގެ ބަދަލުގައި ނެރުމަށް ހަމަޖެހިފައި ވަނީ 5 ރުފިޔާގެ ފައިސާ ފޮއްޗެވެ.