ބޭރު ކުޅިވަރު

ހިސާބު ދަސްކޮށްދޭން ރޫމޭނިއާ ކުޅުންތެރިންގެ ޖާޒީ ނަންބަރުތައް ބަދަލުކޮށްފި

ރޫމޭނިއާގެ ތުއްތު ކުދިންނަށް ހިސާބު ދަސްކޮށްދިނުމަށް ގައުމީ ޓީމުގެ ކުޅުންތެރިންގެ ޖާޒީ ނަންބަރުތަކުގެ ބޭނުން ހިފަން ފަށައިފި އެވެ.

މި ގޮތުން ޓީމުގެ ޕްރެކްޓިސް ޖާޒީގައި ނަންބަރު ޖަހާފައިވަނީ އެއްކޮށް، ކަޑައި، ގުނަކޮށްގެން ކުޅުންތެރިންގެ ނަންބަރުތައް އެނގޭގޮތަށެވެ.

ރޫމޭނިއާއިން ބުނީ ގައުމުގެ ތުއްތު ކުދިންގެ ހިސާބުގެ ފެންވަރު ވަރަށް ދަށް ކަމަށާއި ޔުނެސްކޯގެ ރިޕޯޓްތަކަށް ބަލާއިރު ތިން އަހަރާއި ހައަހަރާ ދެމެދު ސްކޫލަށް ނުދޭ ކުދިންގެ އަދަދު ވެސް ގިނަ ކަމަށެވެ. މިހެންވެ މިއީ ލިޔަންކިޔަން ދަސްކޮށްދިނުމަށް އެހީތެރިވުމުގެ ގޮތުން ހިންގާ ޕްރޮގްރާމެއް ކަމަށެވެ.

ޕްރެކްޓިސް ޖާޒީގައި މިގޮތަށް ނަންބަރު ޖެހި ނަމަވެސް މެޗު ޖާޒީގައި ޖަހާނީ ކޮންމެ ކުޅުންތެރިއެއްގެ ވެސް ރަސްމީ ނަންބަރު އެނގޭ ގޮތަށެވެ.

ރޫމޭނިއާ އަކީ މިގޮތަށް ޓީމުގެ ނަންބަރު އީކުއޭޝަންތަކުގެ ގޮތުގައި ޖެހި ފުރަތަމަ ޓީމެއްނޫނެވެ. މީގެ ކުރިން ރަގްބީގައި އިނގިރޭސި އަރުކުތައް ވެސް ޖާޒީ ނަންބަރުގެ ގޮތުގައި ބޭނުންކުރި އެވެ. އެއީ ލެސްޓާ ޓައިގާސްއިންނެވެ.