ބޭރު ކުޅިވަރު

ކުޅުންތެރިންގެ ހަނދާނުގައި އަދިވެސްހުރީ ސްޓޭޑިއަމަށް ދިން ހަމަލާ: ކޯޗު

ކުޅުންތެރިންގެ ހަނދާނުގައި އަދިވެސް ފްރާންސްގެ ސްޓޭޑިއަމަށްދިން ޓެރަރިސްޓް ހަމަލާގެ ހަނދާންތައް އެބަހުރި ކަމަށް ފްރާންސްގެ ކޯޗު ޑިޑިއޭ ޑެޝޯން ބުނެފި އެވެ.

އޭނާ މިހެން ބުނީ ވެރިރަށް ޕެރިހުގައި ހުންނަ ސްޓޭޑިއަމަށް އަމާޒުކޮށް މިދިޔަ ނޮވެމްބަރު މަހު ދިން ހަމަލާގެ ވާހަކަ ދައްކަމުންނެވެ.

"އެހަނދާންތައް އަދިވެސް އެބަހުރި. އެކަމަކު އެއީ އެހެންކަންކަން ހުއްޓާލަންވީ ސަބަބެއްނޫން. އަބަދުވެސް ޖެހޭނީ ކުރިއަށް ވިސްނަން،" ކޯޗު ބުންޏެވެ.

މިރޭގެ ގެ މި ދެ ޓީމު ތައްޔާރުވާއިރު ބެލްޖިއަމާއި ޕޯޗުގަލް މެޗު ވަނީ ސަލާމަތީ ސަބަބުތަކަށްޓަކައި ޕޯޗުގަލް އަށް ބަދަލުކޮށްފަ އެވެ. އެއީ ބެލްޖިއަމްގެ ވެރިރަށުގައި ދިން ޓެރަރިސްޓް ހަމަލާގެ ސަބަބުންނެވެ.

ޕޯޗުގަލްގެ ކޯޗު ފެނާންޑޯ ސަންޓޯސް ބުނީ ފުޓްބޯޅަ އަކީ ބިރުގަނެ ޖެހިލުންވާނަވީ ކަމެއްނޫން ކަމަށާއި މެޗު ޕޯޗުގަލް ކުޅޭ ކަމީ އެންމެ މުހިންމު ކަންތައް ކަމަށެވެ.