އާޒިމާ ޝަކޫރު

ރައީސްގެ މަންދޫބެއްގެ ގޮތު އާޒިމާ ޕާކިސްތާނަށް

ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމްގެ މަންދޫބެއްގެ ގޮތުގައި ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގެ ލީގަލް އެފެއާޒް މިނިސްޓަރު އާއިޝަތު އާޒިމާ ޝަކޫރު ޕާކިސްތާނަށް ފުރާވަޑައިގެންފި އެވެ.

ރައީސް އޮފީހުން ބުނީ، އާޒިމާގެ މި ދަތުރުފުޅަކީ ރާއްޖެއާއި ޕާކިސްތާނާ ދޭތެރޭ އޮންނަ ސިޔާސީ ގުޅުން މިހާރަށްވުރެ ބަދަހި ކުރުމުގެ ގޮތުން ކުރައްވާ ދަތުރުފުޅެއް ކަމަށެވެ.

އެ ކަމަނާގެ މި ދަތުރުފުޅުގައި، ޕާކިސްތާނު ސަރުކާރުގެ އިސްފަރާތްތަކާ ބައްދަލުކުރެއްވުމަށް ވަނީ ހަމަޖެހިފަ އެވެ.