ގދ. ތިނަދޫ

ތިނަދޫގައި ކުޑަކުދިންނާ ސުވާލުކުރާ ތަހުގީގު ކޮޓަރިއެއް ހުޅުވައިފި

ކުޑަކުދިންނާ ބެހޭ މައްސަލަތަކުގައި ކުދިންނާއި އިންޓަވިއުކޮށް ތަހުގީގުކުރާ "ޗައިލް ފްރެންޑްލީ އިންޓަވިއު ރޫމް" އެއް ގދ. ތިނަދޫ ޕޮލިސް ސްޓޭޝަންގައި ހުޅުވައިފި އެވެ.

ފުލުހުންގެ މުއައްސަސާއަށް 83 އަހަރު ފުރުމުގެ މުނާސަބަތާއި ދިމާކޮށް ތިނަދޫގައި ހުޅުވި އެ އިންޓަވިއު ރޫމަކީ ތަހުގީގީ މަރުހަލާގައި ދިމާވާ ދަތިތައް ހައްލު ކުރުމުގެ ގޮތުން ފުލުހުން ފަށާފައިވާ މަސައްކަތްތަކުގެ ތެރެއިން ތައްޔާރުކުރި ތަނެކެވެ.

ފުލުހުން ބުނީ، ޗައިލްޑް ފްރައިންޑްލީ އިންޓަވިއުރޫމް އެއް ގާއިމްކުރެވުމުން ކުޑަކުދިން ހިމެނޭ އެކި މައްސަލަތަކުގެ ތަހުގީގުގައި އެ ކުދިންނާއި ސުވާލުކުރާއިރު އެކުދިންނާއި އެންމެ އެކަށޭނަ އަދި ކުދިންނާއި ގުޅޭ، ކުދިން ގަޔާވާ ކަހަލަ މާހައުލެއްގައި އިންޓަވިއު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

މި އިންޓަވިއު ރޫމްގެ ހުޅުވުމުގެ މަސައްކަތް ކުރިއަށް ގެންގޮސްފައިވަނީ ފެމިލީ އެންޑް ޗައިލް ޕްރޮޓަކްޝަން ޑިޕާރޓްމަންޓާއި އަޕަ ސައުތު ޕޮލިސް ޑިވިޝަނާއި ގުޅިގެން ނެވެ.