ބޮލީވުޑް

ސަލްމާންގެ ކޮއްކޮ އަރްޕިތާއަށް ފިރިހެން ކުއްޖެއް ލިބިއްޖެ

Mar 30, 2016

ސުޕަސްޓާ ސަލްމާން ޚާންގެ ކޮއްކޮ އަރްޕިތާ ޚާން ޝަރްމާއަށް ފިރިހެން ކުއްޖެއް ލިބިއްޖެ އެވެ.

އަރްޕިތާ ފިރިހެން ކުއްޖެއް ވިހާފައިވާ ކަމުގެ އުފާވެރި ހަބަރު ޓްވިޓާގައި ހިއްސާކުރަމުން އަރްޕިތާގެ ފިރިމީހާ އާޔުޝް ޝަރްމާ ކުރި ޓްވީޓެއްގައި ވަނީ އެމީހުންގެ އިންތިޒާރުގެ ނިމުން އައިސްފި ކަމަށާއި އެމީހުންގެ ތުއްތު ޕްރިންސް މި ދުނިޔެއަށް އައިސްފި ކަމަށް ބުނެފަ އެވެ.

އަރްޕިތާ ވިހާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައި މުމްބައި ސިޓީ ހޮސްޕިޓަލުގަ އެވެ. އަރްޕިތާ އާއި އާޔުޝް ވަނީ އެމީހުންގެ ދަރިފުޅަށް އާހިލް، މިނަން ކިޔާފަ އެވެ.

ބޮލީވުޑްގެ ހަބަރުތައް ގެނެސްދޭ ނޫސްތަކުގައިވާ ގޮތުން ސަލްމާން އާއި އޭނާގެ މުޅި އާއިލާއިން އަންނަނީ އެ އާއިލާއަށް އަލަށް ގުޅުނު ތުއްތު މެމްބަރު އުފަންވުމުގެ އުފާފާޅުކުރަމުންނެވެ.

ދެފަރާތުގެ އާއިލާގެ މެމްބަރުންގެ އިތުރުން ބޮލީވުޑްގެ ފަރާތްތަކުން ވެސް އަންނަނީ އަރްޕިތާ އާއި އާޔުޝް އަށް މަރުހަބާ ކިޔަމުންނެވެ.

އާޔުޝް އާއި އަރްޕިތާ ކައިވެނިކޮށްފައިވަނީ 2014 ވަނަ އަހަރުގެ ނޮވެމްބަރު މަހުގެ ތެރޭގަ އެވެ.