ދުނިޔެ

ކާރެއް ގޮވުމުގެ ސަބަބުން ރަޝިއާގެ ފުލުހަކު މަރުވެއްޖެ

ރަޝިއާގެ ޑަގެސްޓަން އަވަށުގައި ކާރެއް ގޮވުމުގެ ސަބަބުން، ފުލުހެއް މަރުވެ، އިތުރު މީހަކު ޒަހަމްވެއްޖެ އެވެ. އެ ސަރަހައްދުގެ ފުލުހުން ހާމަ ކުރި ގޮތުގައި، މި ކާރު ގޮވާފައިވަނީ މީގެ ގަޑިއިރު ތަކެއް ކުރިން އައިއެސް އިން ޒިންމާ ނަގާފައިވާ ހަމާލާއެއްގައި އިތުރު ފުލުހެއް މަރުވި ފަހުންނެވެ.

ފުލުހުން ހާމަ ކުރިގޮތުގައި، އެ ޗެކްޕޮއިންޓްގައި ތިބި ފުލުހުން މަސައްކަތް ކުރަމުން ދިޔައީ ދުއްވާފަ ދިޔަ ކާރެއް ހުއްޓުވާށެވެ. ނަމަވެސް ކާރު ނުހުއްޓި ކައިރިން ލާފަ ދިޔަތަނާ ކާރު ގޮވީ ކަމަށް ފުލުހުންގެ ސްޕޯކްސްޕަރސަން ވިދާޅުވިއެވެ. ކާރު ގޮވުމުގެ ސަބަބުން ފުލުހެއް މަރުވެ، އެހެން ފުލުހަކަށް ވަނީ އަނިޔާވެފައެވެ. ނަމަވެސް ލިބުނު އަނިޔާތަކުގެ ތަފްސީލެއް ފުލުހުންގެ ސްޕޯކްސްޕަރސަން މީޑިޔާ އަކަށް ހާމައެއް ނުކުރެ އެވެ.

ފުލުހުން އިތުރަށް ވިދާޅުވީ ކާރުގެ ތިބި މީހުންގެ ހާލަތާއި، އައިޑެންޑިޓީ އެއް ނޭނގޭ ކަމަށެވެ.

ލޯ އެންފޯސްމެންޓް ޑިޕާޓްމެންޓްގެ ތެރެއިން ނަން ހާމަ ކުރަން ބޭނުން ނުވާ ފަރާތެއް ރަޝިއާގެ ނޫހަކަށް މައުލޫމާތު ދެމުން ބުނެފައިވަނީ، ކާރު ނުހުއްޓުމުގެ ސަބަބުން، ފުލުހުންގެ ކާރެއް ވަނީ އެ ކާރު ފަހަތުން ގޮސްފައެވެ. ފުލުހުން ކާރު ފަހަތުން ދިޔުމުން، ކާރުގެ ތިބި މީހުން ފުލުހުންގެ ކާރާއި ދިމާލަށް "އެކްސްޕްލޯސިވް ޑިވައިސް" އެއް އެއްލާލީ ކަމަށް އެ ފަރާތުން ބުނެ އެވެ.