މޯލްޑިވިއަން އައިޑޮލް

މޯލްޑިވިއަން: އައިޑޮލްގެ ފިޔަގަނޑު!

Mar 31, 2016
1
  • ކުންފުނީގެ ނަން މަގުބޫލު ވެއްޖެ
  • ބައިވެރިވީ ޒުވާނުންނަށްޓަކައި
  • ފުރުސަތުތައް ދަނީ ހުޅުވެމުން

މިހާރު ކުރިއަށް ދަނީ ވެސް ބޮޑު ޝޯއެކެވެ. ޒުވާނުންނާއި އެންމެންގެ މެދުގައި އެންމެ މަގުބޫލު "މޯލްޑިވިއަން އައިޑޮލް" އަކީ މިހާރު އެންމެ އަޑުގަދަ އެއް އިވެންޓެވެ. ނަމަވެސް މި ޝޯގައި ރާއްޖޭގެ ގައުމީ އެއާލައިން ބައިވެރިވީ މިހެންވެގެނެއް ނޫނެވެ. މި ޝޯގައި ބައިވެރިވީ ޒުވާނުންނަށްޓަކަ އެވެ. ޒުވާނުންނަށް ފުރުސަތުތަކެއް ހުޅުވިގެންދާ ޝޯ އަކަށްވާތީ އެވެ. އެފަދަ ބޮޑެތި ކަންކަމުގައި މޯލްޑިވިއަން އަބަދު ވެސް އޮންނަނީ ތައްޔާރަށެވެ.

"މި ޝޯއިން ޒުވާނުން ހުނަރު ހަންޓް ކުރޭ. މީގެ ސަބަބުން ޒުވާނުންނަށް ފުރުސަތު ތަކެއް ހުޅުވިގެންދޭ. އެހެންވެ އަޅުގަނޑުމެން އައިޑޮލްގައި ބައިވެރިވީ،" މޯލްޑިވިއަންގެ މާކެޓިން މެނޭޖަރު ޝާމާ ބުޝްރީ ވިދާޅުވި އެވެ.

އޭނާ ވިދާޅުވީ މި ޝޯގައި ބައިވެރިވި އަނެއް ސަބަބަކީ ޕީއެސްއެމްއަކީ އެ ކުންފުންޏާ އަބަދުވެސް އެއްކޮށް މަސައްކަތް ކުރާ ކުންފުންޏަކަށްވުމުން ކަމަށެވެ.

"އަޅުގަނޑުމެންނަކީ ރާއްޖޭގެ އެތެރޭގައި އެންމެ ވައިޑްކޮށް ދަތުރު ކުރާ ކުންފުނި. އެހެންވެ މީގެ ސަބަބުން ގިނަ ފުރުސަތު ތަކެއް ހުޅުވޭ. މިއީ ވެސް ސަބަަބެއް މި ޝޯގައި ބައިވެރިވުމުގެ،" ޝާމާ ވިދާޅުވި އެވެ.

"ކުންފުނީގެ ނަން މަޝްހޫރު ވެއްޖެ"

ސަމާ ވިދާޅުވި ގޮތުގައި މޯލްޑިވިއަން އައިޑޮލް ފެށިފަހުން އެ ކުންފުނީގެ ނަން ވަރަށް ބޮޑަށް މަގުބޫލު ވެގެން ގޮސްފި އެވެ.

"ކުރިން މާބޮޑަކަށް ކުންފުނީގެ ނަން ނުފެނޭ. އެކަމަކު މި ޝޯ ފެށުނު ފަހުން ވަރަށް ބޮޑަށް މަގުބޫލު ވެއްޖެ،" ޝާމާ ވިދާޅުވި އެވެ.

"އަވަސްގެ ކަވަރޭޖް ސަޅި"

މޯލްޑިވިއަން އައިޑޮލްގެ އޮންލައިން މީޑިޔާ ޕާޓްނަރަކީ "އަވަސް" އޮންލައިން އެވެ. އިންޓަނޭޝަނަލް ފްރެންޗައިޒް މި ޝޯގައި ހިންގާ ހުރިހާ ކަމެއް ދުވަހުން ދުވަހަށް ގެނެސް ދިނުމުގައި "އަވަސް" ދަނީ ގިނަ މަސައްކަތް ތަކެއް ކުރަމުންނެވެ. އަދި ވަކިން ހާއްސަކޮށް އެހެން މީހުންނަށް "ވަނުން މަނާ" ތަންތަނަށް ވެސް މި ޝޯ ބާއްވާ ޕީއެސްއެމުން ދަނީ ޖާގަ ދެމުންނެވެ.

މޯލްޑިވިއަންގެ ފަރާތުން ވާހަކަ ދެއްކި ސަމާ ވިދާޅުވީ "އަވަސް" އޮންލައިންގެ ކަވަރޭޖް ވަރަށް ފުރިހަމަ ކަމަށެވެ.

"ދުވަހުން ދުވަހަށް މޯލްޑިވިއަން އައިޑޮލްގެ ހަރަކާތްތައް ގެނެސް ދިނުމުގައި އަވަސް އިން ވަރަށް ރަނގަޅު. ކަވަރޭޖް ގެނެސް ދިނުން ވަރަށް ރަނގަޅޭ ބުނެވޭނީ،" ޝާމާ ވިދާޅުވި އެވެ.

މޯލްޑިވިއަންއަކީ ރާއްޖޭގެ ހުރިހާ މަންޒިލްތަކަށް އުދުހެމުން ގެންދާ އެއާލައިނެކެވެ. މީގެ އިތުރުން މި އެއާލައިނުން ޗައިނާގެ ހަ މަންޒިލަކާއި ބަންގްލަދޭޝްގެ ވެރިރަށް ޑާކާ އަދި ބެންކޮކް ފަދަ މަންޒިލްތަކަށް ދަތުރުތައް ބާއްވަ އެވެ. މި އެ އާލައިނުގައި އެއާބަސްގެ 300 މަރުކާގެ މަތިންދާ ބޯޓު ފަހަރާއި ހަ އެއާޓެކްސީ އޮވެ އެވެ.