ހަބަރު

މޯލްޑިވިއަން އައިޑޮލްގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން

Oct 13, 2015

ޕީއެސްއެމް އިން ޓީވީއެމް އަށް ގެންނަން ތައްޔާރުވަމުން އަންނަ ރިއަލިޓީ ޝޯ، "މޯލްޑިވިއަން އައިޑޮލް" ގެ ޓްރެވަލް ޕާޓްނަރަކަށް މޯލްޑިވިއަން ހަމަޖައްސައި ޓީވީއެމްގައި މިއަދު މެންދުރު ބޭއްވި ހަފުލާއެއްގައި އެއްބަސްވުމުގައި ސޮއިކޮށްފި އެވެ.

ޕީއެސްއެމްގެ ފަރާތުން މި އެއްބަސްވުމުގައި ސޮއިކުރެއްވީ ޑެޕިއުޓީ އެމްޑީ މުހައްމަދު އިކްރާމް އެވެ. މޯލްޑިވިއަންގެ ފަރާތުން ސޮއިކުރެއްވީ ޑިރެކްޓަ އޮފް ފްލައިޓް އޮޕަރޭޝަންސް ކެޕްޓަން މުހައްމަދު އަމީދު އެވެ.

މަޝްހޫރު އެމެރިކަން އައިޑޮލްގެ ފްރެންޗައިޒެއްގެ ގޮތުގައި ޕީއެސްއެމުން ޓީވީއެމަށް ގެންނަ މި ޝޯގެ ޓައިޓްލް ސޮޕޮންސާކޮށްފައި ވަނީ ދިރާގުންނެވެ. ޝޯގެ މެއިން ސްޕޮންސަރެއްގެ ގޮތުގައި އިއުލާނުކޮށްފައި ވަނީ ލޮޓަސް ފިހާރަ އެވެ.

ޖަޖުންގެ ގޮތުގައި ޝޯއަށް ކަނޑައަޅާފައި ވަނީ މަޝްހޫރު ލަވަކިޔުންތެރިން ކަމުގައިވާ ކުޑަ އިއްބެ އާއި އައްމަޑޭ އާއި އުނޫޝާ އެވެ.
މި ޝޯގެ ގްރޭންޑް ޕްރައިޒްގެ ގޮތުގައި ވަނީ 250،000ރ. ދޭން ހަމަޖެހިފަ އެވެ.

ޝޯގެ އޮޑިޝަންތަކުގެ ފޯރި އޮތީ އަތޮޅުތަކުގައި ވަރަށް ގަދަކޮށްފަ އެވެ. އޮޑިޝަން ފަށަނީ އައްޑޫ ސިޓީ އިންނެވެ.