ޓެރަރިޒަމް

ޓެރަރިޒަމަށް ތުހުމަތުވާ މީހުނަށް އަނިޔާ ކުރަން އެމެރިކާ މީހުން ބޭނުންވޭ: ސާވޭ

ޓެރަރިޒަމަށް ތުހުމަތުވާ މީހުންގެ އަތުން މައުލޫމާތު ހޯދަން އަނިޔާ ކުރަން އެމެރިކާގައި ގިނަ މީހުން ތާއީދުކުރާ ކަމަށް އެ ގައުމުގައި ޝާއިއު ކުރި ސާވޭއަކުން ދައްކައިފި އެވެ.

އިއްޔެ އާންމު ކުރި ސާވޭ ބުނާ ގޮތުން އެމެރިކާގެ ތިންބައިކުޅަ ދެބައި މީހުން ބޭނުން ވަނީ ޓެރަރިޒަމަށް ތުހުމަތުވާ މީހުންނަށް އަނިޔާކޮށްގެން މައުލޫމާތު ސާފު ކުރުމަށެވެ.

މި ސާވޭ އިން ދައްކުވައިދޭ ގޮތުގައި، ކެލިފޯނިޔާގައި ހިނގި ބަޑިޖެހުމުގެ ހާދިސާ އާއި ޔޫރޮޕުގެ ގައުމުތަކަށް އަމާޒުކޮށްގެން ދޭ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން އިތުރަށް އެފަދަ ކަމެއް ވިޔަ ނުދިނުމުގެ ގޮތުން، ތުހުމަތު ކުރެވޭ މީހުންގެ މައުލޫމާތު ހޯދުމަށް އެފަދަ ފަރާތަކަށް އަނިޔާ ކުރަން ތާއިދު ކުރެ އެވެ.

މި ސާވޭ ކޮށްފައި ވަނީ ރޮއިޓާސްއިނެނެވެ. ސވޭގައި އަނިޔާ ނުވަތަ ޓޯޗާއަކީ އެއްވެސް ހާލަތެއްގައި ކޮށްގެން ނުވާނެ ކަމެއް ކަމަށް ބުނެފައިވަނީ ހަމައެކަނި 15 ޕަސެންޓް މީހުނެވެ.

ރޮއިޓަރޒް އިން ރިޕޯޓްކޮށްފައިވާ ގޮތުގައި ފަހަކަށް އައިސް ދިން ހުރިހާ ޓެރަރިސްޓް ހަމަލާތަކުގެ ސަބަބުން، އެމެރިކާގެ ރައްޔިތުން ބިރުގަނެފައި ހުރި މިންވަރު ވަރަށް ބޮޑަށް އެ ސާވޭން ހާމަވެ އެވެ. އަދި ޓެރަރިސްޓް ހަމަލާތައް ހުއްޓުވުމަށް ތައްޔާރަށް ތިބި މިންވަރު ވެސް ހާމަވެ އެވެ.

އެމެރިކާގައި، މިހާރު ވަނީ ވޯޓާ ބޯޑިންގް ފަދަ ބައެއް ޓޯޗާ ޓެކްނީކްސް ބޭނުން ކުރުން މަނާކޮށްފަ އެވެ. ނަމަވެސް ރިޕަންލިކަން ޕާޓީން ރިޔާސީ ޕްރައިމަރީގައި ވާދަ ކުރައްވާ ޑޮނަލްޑް ޓްރަމްޕް ވަނީ އޭނާގެ ވެރިކަމެއްގައި ވޯޓާ ބޯޑިންގެ އިތުރުން، ޓޯޗާ ޓެކްނީކްސް ބޭނުން ކުރަން ހުއްދަ ދޭނެ ކަމަށް ވިދާޅުވެފައެވެ.

ސަރވޭއިން ދައްކުވައިދިން ނަތީޖާއަކީ ސީދާ ސައްހަ މައުލޫމާތު ކަމަށް ވާނަމަ، ޓްރަމްޕްއަށް ތާއީދު ލިބެނީ އަނިޔާވެރި އަދި ހަރުކަށި އުސޫލުތައް ގާއިމުކުރަން އެމެރިކާގެ ގިނަ ބަޔަކު ބޭނުންވާތީ އެވެ.