އިސްލާމިކް ޔުނިވާސިޓީ

އައިޔޫއެމްގެ ފުރަތަމަ ދަސްވެނި ހަފުލާގައި ރައީސް ބައިވެރިވެވަޑައިގަންނަވާނެ

އިސްލާމިކް ޔުނިވާސިޓީ އޮފް މޯލްޑިވްސް (އައިޔޫއެމް) ފުރަތަމަ ދަސްވެނިވުމުގެ ހަފުލާގައި ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ބައިވެރިވެޑައިގަންނަވާނެ ކަމަށް އެ ޔުނިވާސިޓީން ބުނެފި އެވެ.

އެ ޔުނިވާސިޓީން ބުނީ، އައިޔޫއެމްގެ ދަރިވަރުން ދަސްވެނިވުމުގެ ހަފްލާ ބޭއްވުމަށް ނިންމާފައިވަނީ އަންނަ މަހުގެ އެއްވަނަ ދުވަހު ކަމަށެވެ. މި ހަފްލާއަކީ، އެ ޔުނިވާސިޓީގެ ދަރިވަރުންނަށާއި މުއައްޒަފުންނަށް ވަރަށް ތާރީހީ ހަފްލާއެކެވެ.

މިއީ ކުއްލިއްޔަތުއް ދިރާސާތިލް އިސްލާމިއްޔާ، 2015 ވަނަ އަހަރު، ރާއްޖޭގެ އިސްލާމީ ޔުނިވާސިޓީއަށް ބަދަލުވުމަށްފަހު، އިހްތިފާލުކުރެވޭ ދަސްވެނިވުމުގެ އެންމެ ފުރަތަމަ ހަފްލާއެވެ.

ދަސްވެނިވުމުގެ ހަފްލާ ބޭއްވެނީ، ދަރުބާރުގޭ، ރަންނަބަނޑޭރި މާލަމުގަ އެވެ. ދަސްވެނިވާ ދަރިވަރުންގެ ނަން ލިސްޓް، ދަސްވެނިވުމުގެ ހަފްލާގެ ތިން ހަފްތާ ކުރީންސުރެ، އައިޔޫއެމްގެ ނޯޓިސް ބޯޑްގައި ވަނީ ބަހައްޓާފަ އެވެ. މި ހަފުލާގައި 499 ދަރިވަރުން ދަސްވެނިވާނެ އެވެ.