ބޭރު ކުޅިވަރު

ބާސެލޯނާގެ ޖާޒީގައި ކްރައިފަށް ޝުކުރިއްޔާ މެސެޖެއް

ރެއާލް މެޑްރިޑާ ދެކޮޅަށް ބާސެލޯނާ މިރޭ ކުޅޭ މެޗުގައި ބާސެލޯނާގެ ޖާޒީގައި އެ ޓީމުގެ ކުރީގެ ކެޕްޓަން އަދި ކޯޗު ޔޯހަން ކްރައިފަށް ޝުކުރިއްޔާ މެސެޖް ޖަހައިފި އެވެ.

ޖާޒީގެ މޭމަތީގައި "ޝުކުރިއްޔާ ޔޯހަން (ކްރައިފް) ޖަހަން ނިންމީ ހުސްވި ހަފުތާގައި އޭނާ ނިޔާވެފައިވާތީވެ ހަނދާން އާކުރުމުގެ ގޮތުންނެވެ.
ޖާޒީގައި ޝުކުރިއްޔާ މެސެޖް ޖަހާކަން އިއުލާނުކޮށް، ޖާޒީ ދައްކާލުމަށް ބާސެލޯނާގެ ނޯކޭމްޕްގައި ބޭއްވި ރަސްމިއްޔާތުގައ ކުލަބުގެ ކުޅުންތެރިން ވެސް ބައިވެރިވި އެވެ. އަދި ކްރައިފްގެ ހަނދާނުގައި އެއް މިނިޓްގެ ސްކޫލެއް ގެނަ އެވެ.

ކްރައިފް އަކީ ބާސެލޯނާ މިހާރު ކުޅެމުން އަންނަ ޕާސިން ގޭމުގެ ބާނީ އެވެ. އަދި ދުނިޔޭގެ ފުޓްބޯޅަ އަށް ޒަމާނީ ބޮޑު ބަދަލެއް ގެނައި މީހަކީ ވެސް އޭނާ އެވެ. އުމުރުން 68 އަހަރުގައި އޭނާ ނިޔާވެފައިވާތީވެ އޭނާގެ ހަނދާން އާކުރަމުން ބާސެލޯނާގެ މިހާރުގެ ކޯޗު ލުއިސް އެންރީކޭ ބުނީ ކްރައިފްގެ ވާހަކަ ދައްކާނަމަ ދެއްކޭނީ ފުޓްބޯޅައިގެ ވާހަކަ ކަމަށެވެ.

"އޭނާ ފުޓްބޯޅަ ބަދަލުކޮށްލީ ބަލާހިތްވާ އަދި ކާމިޔާބު އެއްޗަކަށް. އަހަރުމެން އޭނާގެ މަތިން އަބަދުވެސް ހަނދާންހުންނާނެ. އަހަރުމެންނަށް ވަރަށް ގިނަ ފިލާވަޅުތަކެއް އޭނާ ނަގައިދިން. އޭނާގެ ހަނދާނެއް ނުނެތޭނެ،" އެންރީކޭ ބުންޏެވެ.