ސީޑީއެލް ހޮސްޕިޓަލިޓީ ގްރޫޕުން ރާއްޖޭގައި ހިންގާ ދެ ރިސޯޓުން އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގއި ބޮޑު ފައިދާއެއް ލިބިއްޖެ އެވެ.
ރިއަލް އެސްޓޭޓް ވިޔަފާރިއާއި ޓޫރިޒަމް ވިޔަފާރީގައި މަޝްހޫރު ޖަޕާނުގެ ސީޑީއެލް ހޮސްޕިޓާލިޓީ ޓްރަސްޓް ގްރޫޕުން ބުނީ އެ ކުންފުންޏަށް މިދިޔަ އަހަރުގެ ފަހު ކުއާޓާގައި ލިބުނު ފައިދާ ހަ ޕަސެންޓް އިތުރުވެފައިވާ ކަމަށެވެ.
މި ކްއާޓާގައި އެ ކުންފުންޏަށް ރާއްޖޭގައި ހިންގާ ދެ ރިސޯޓުން 38.6 މިލިއަން ޑޮލަރު ލިބިފައިވެ އެވެ. އަދި މުޅި އަހަރަށް ބަލާއިރު އެ ކުންފުންޏަށް 140 މިލިއަން ޑޮލަރު ރާއްޖޭން ލިބިފައިވާ ކަމަށް އެ ކުންފުނިން ބުނި އެވެ.
ސީޑީއެލް ގްރޫޕުން ރާއްޖޭގައި މެނޭޖުކުރަނީ އެންމެ މަތީ ފެންވަރުގެ ދެ ރިސޯޓް ކަމަށްވާ އަންސާނާ ވެލަވަރު ރިސޯޓާއި ޖުމެއިރާ ވެލަވަރު ރިސޯޓު ހިންގަ އެވެ. މ ިދެ ރިސޯޓަކީ ދުނިޔޭގެ މަޝްހޫރު ތަރިންގެ މެދުގައި މަގުބޫލު ދެ ރިސޯޓެވެ.
ރާއްޖޭގައި ދުނިޔޭގެ މަޝްހޫރު ބްރޭންޑްތަކުގެ ރިސޯޓުތައް ހިންގަ އެވެ. އެފަދަ އެފަދަ ބްރޭންޑްތަކުގެ ތެރޭގައި ވަން އެންޑް އޮންލީ އާއި ކޮންޑްރެޑް ފަދަ ބްރޭންޑްތައް ހިމެނެ އެވެ. މީގެ އިތުރުންވެސް މި އަހަރު އިތުރު ގިނަ ރިސޯޓުތަކެއް ހުޅުވާނެ އެވެ.