ހަބަރު

ޔުމްނާ މައުމޫން އިސްތިއުފާ ދެއްވައިފި

އެޑިއުކޭޝަން މިނިސްޓްރީގެ ޑެޕިއުޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި ޔުމްނާ މައުމޫން އެ މަގާމުން އިސްތިއުފާ ދެއްވައިފި އެވެ. ޔުމްނާ މައުމޫނަކީ ރައީސް އަބްދުﷲ ޔާމީންނަށް ބޮޑުބޭބެ ވިދާޅުވާ ބޭފުޅެކެވެ. އަދި ކުރީގެ ރައީސް މައުމޫން އަބްދުލް ގައްޔޫމްގެ ދަރިކަނބަލުންނެވެ.

ޑިޕާޓްމަންޓު އޮފް ހެރިޓޭޖް ހިންގެވުމާ ވެސް ހަވާލުވެ ހުންނެވި ޔުމްނާ އިސްތިއުފާ ދެއްވި ސަބަބެއް ސާފުވެފައި ނެތް ނަމަވެސް ޔުމްނާ އިސްތިއުފާ ދެއްވާފައިވާކަން ރައީސް އޮފީހުގެ ތަރުޖަމާނު އިބްރާހިމް މުއާޒް ވަނީ އަވަސްއަށް ކަށަވަރުކޮށްދެއްވާފަ އެވެ.

މުއާޒް ވިދާޅުވީ، ޔުމްނާ އިސްތިއުފާ ދެއްވާ ފޮނުވި ސިޓީގައި އިސްތިއުފާ ދެއްވަނީ އަމިއްލަ ސަބަބުތަކާހުރެ ކަމަށް ވިދާޅުވެފައިވާ ކަމަށެވެ.