މޯލްޑިވްސް ޕޮލިސް ސާވިސް

މަސައްކަތު ބައްދަލުވުމަކަށް ދެ ފުލުހަކު ޖަރުމަނަށް

ގްލޯބަލް ކައުންޓަރިން ޓްރާންސް ނޭޝަނަލް އޮގަނައިޒްޑް ކްރައިމް އެލުމިނައި ކޮމިއުނިޓީ އޮފް އިންޓްރެސްޓް ވޯކްޝޮޕްގައި ބައިވެރި ވަޑައިގަތުމަށް ފުލުހުންގެ ދެ ބޭފުޅަކު ޖަރުމަނަށް ފުރާވަޑައިގެންފި އެވެ.

މި މަހުގެ ހަޔަކުން 21 އަށް ޖަރުމަނުގައި ކުރިއަށްފާ އެ ވޯކްޝޮޕްގައި ބައިވެރި ވަޑައިގަތުމަށް ޖަރުމަނަށް ފުރާވަޑައިގަތީ ސްޕްރިޓެންޑެންޓް އޮފް ޕޮލިސް މޫސާ އަލީ އާއި ސަބް އިންސްޕެކްޓާ އޮފް ޕޮލިސް އިބްރާހިމް މުސްތަފާއެވެ.

އެ ވޯކްޝޮޕަކީ ޖަރުމަންވިލާތުގެ ޖޯޖްސީ. މާޝަލް ޔޫރަޕިއަން ސެންޓާ ފޮ ސެކިއުރިޓީ ސްޓަޑީޒްއިން އިންތިޒާމްކޮށްގެން ބާއްވާ ވޯކްޝޮޕެކެވެ. ވޯކްޝޮޕްގައި ކައުންޓަ ޓެރަރިޒަމް އެލުމިނައިގައި ހިމެނޭ ގައުމުތަކުގެ މެދުގައި ގުޅުން ބަދަހިކޮށް ދޭދޭ ގައުމުތަކަށް ހުށަހެޅިފައިވާ ޓެރަރިޒަމް މައްސަލަތަކާއި ގުޅޭގޮތުން މަޝްވަރާކުރެވޭނެއެވެ.