ހާމަތަނެއްގައި އަންހެން ނޫސްވެރިން ތަކުރާރުކޮށް ބަލައި ފާސްކުރި ކަމަށްބުނާ މައްސަލަ ބަލައި ތަހުގީގު ކުރަން އަދާލަތު ޕާޓީން ގޮވާލައިފި އެވެ.
އަދާލަތު ޕާޓީ އިން މިހެން ބުނީ، ނޫސްވެރިންގެ ހައްގުތައް ހިމާޔަތް ކުރުމަށް އިހުތިޖާޖް ކުރުމުގެ ތެރޭގައި ހައްޔަރު ކުރި އަންހެން ނޫސްވެރިން ލަދުގަންނަވާލުމުގެ ނިޔަތުގައި 20 މިނެޓް ތެރޭގައި ހުރިހާ ހެދުމެއް ބާލައި، ދެ ފަހަރެއްގެ މަތިން ބަލައި ފާސްކުރި ކަމަށް އެ ނޫސްވެރިން ބުނުމުންނެވެ.
އެކަމާއި ގުޅިގެން މިރޭ އަދާލަތު ޕާޓީ އިން ކުރެއްވި ޓްވީޓެއްގައި ބުނަނީ އެ މައްސަލަ ތަހުގީގުކޮށް ފިޔަވަޅު އަޅަން ޖެހޭ ފަރާތްތަކަށް ފިޔަވަޅު އެމަށް ކަމާއި ބެހޭ އިދާރާތަކަށް ގޮވާލައި ކަމަށެވެ.
ނޫސްވެރިންގެ ކަނބޮޑުވުންތައް ފާޅުކުރުމުގެ ގޮތުން މިއަދު ވެސް ވަނީ މަޖިލިސް ކައިރީގައި ނޫސްވެރިން ސުލްހަވެރިކަމާއި އެކު މުޒާހަރާކޮށްފަ އެވެ. އަދި ބައެއް ނޫސްވެރިން ތިބީ ސަރުކާރުން އެފަރާތްތަކުގެ އަޑު ކަނޑުވާލަން މަސައްކަތް ކުރާކަން ދޭހަކޮށްދިނުމަށް އަނގަމަތީ ޓޭޕު އަޅައިގެން ބޯޑުތައް ހިފާގެނެވެ.