ވިޔަފާރި

އެމްއައިބީގެ ސައިކަލެއް ވަގަށް ނެގުމުން އަޔާދީ ތަކާފުލްއިން ބަދަލުދީފި

Apr 5, 2016
2
  • އަޔާދީ ތަކާފުލްއަކީ އެލައިޑްގެ އިސްލާމިކް ވިންޑޯ
  • ބަދަލު ދިނީ ކޮމްޕްރިހެންސިވް މޮޓޯ ތެފްޓް ޕްލޭނުން
  • އަޔާދީ ތަކާފުލްއިން ތާޑްޕާޓީ އިންޝުއަވެސް ކުރެވޭ

މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) ގެ ނަމުގައި ނަގާފައިވާ ސައިކަލެއް ވަގަށް ނެގުމާ ގުޅިގެން އެލައިޑް އިންޝުއަރެންސުގެ "އަޔާދީ ތަކާފުލް" އިން ބަދަލު ދީފި އެވެ.

އެލައިޑް އިންޝުއަރެންސުން ބުނީ ބަދަލު ދީފައިވަނީ ވަގަށް ނަގާ ސައިކަލަށް ބަދަލު ދިނުމަށް އެ ކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" އިން ތައާރަފުކޮށްފައިވާ "ކޮމްޕްރިހެންސިވް މޮޓޯ ތެފްޓް" އިންޝުއަރެންސުން ކަމަށެވެ.

އަޔާދީ ތަކާފުލްގެ "ކޮމްޕްރިހެންސިވް މޮޓޯ ތެފްޓް" އެމްއައިބީގެ ފަރާތުން ހަވާލުވީ އެ ކުންފުނީގެ މާކެޓިން އެންޑް ކޯޕަރޭޓް އެފެއާޒް މެނޭޖަރު މުހައްމަދު ޝަފާއު ހަސަން އެވެ. އަދި އަޔާދީ ތަކާފުލްގެ ފަރާތުން އިންޝުއަރެންސް ކަވާ ހަވާލުކޮށްދެއްވީ އެ ކުންފުނީގެ މެނޭޖަރު ފާތިމަތު ނިޒްމާ އެވެ.

އެ ކުންފުނީގެ އިސްލާމިކް ވިންޑޯ "އަޔާދީ ތަކާފުލް" އިން ބަދަލު ދީފައިވާ ސައިކަލް ހޯދުމަށް ފުލުހުން މެދުވެރިކޮށް ހަ މަސް ދުވަހު މަސައްކަތް ކޮށްފައިވެ އެވެ. ނަމަވެސް އެ މަސައްކަތް ނާކާމިޔާބުވިކަން އެ ކުންފުންޏަށް ފުލުހުން ވަނީ އަންގާފަ އެވެ.

އަޔާދީ ތަކާފުލްގެ މެނޭޖަރު ނިޒްމާ ވިދާޅުވީ އެމްއައިބީ އިން ސައިކަލް ގެއްލުމާ ގުޅިގެން އަމަލުކޮށްފައިވަނީ ނަމޫނާ ގޮތަކަށް ކަމަށެވެ. ސައިކަލް ގެއްލުނުކަން ފުލުހުންނަށް ހުށަހެޅުމަށްފަހު އަޔާދީ ތަކާފުލްއަށްވެސް އެކަން އަންގާފައިވާ ކަމަށެވެ.

އަޔާދީ ތަކާފުލްގެ "މޮޓޯ އިންޝުއަރެންސް ދެނީ މައިގަނޑު ދެ ބަޔަކަށް ބަހާލައިގެންނެވެ. އެއީ ސަރުކާރުން ނެގުމަށް ލާޒިމްކުރާ ތާޑްޕާޓީ މޮޓޯ އިންޝުއަރެންސް އާއި ކޮމްޕެރިހެންސިވް މޮޓޯ އިންޝުއަރެންސެވެ. މި ޕްލޭންގައި ވަގަށް ނަގާ ސައިކަލްތަކަށް ބަދަލުދޭ "ކޮމްޕްރިހެންސިވް މޮޓޯ ތެފްޓް" ބައި އިތުރު ކުރުމުގެ ފުރުސަތު ވެސް ލިބެ އެވެ.