ޕާކިސްތާން

ޕާކިސްތާނަށް ކުރާ ވިއްސާރާގައި މަރުވި މީހުންގެ އަދަދު 63 އަށް

ޕާކިސްތާނުގެ އުތުރަށް މިހާރު ކުރމުންދާ ވިއްސާރައިގައި ފެން ބޮޑުވެ ހާލުގައި ޖެހިގެން މަރުވި މީހުންގެ އަދަދު 63 އަށް އަަރައިފި އެވެ. ހައިބަރު ޕަޚުތުތުޚާ، ކަޝްމީރު އަދި ބަލްތިސްތާނު އަވަށަށް ކުރަމުން މިދާ ވިއްސާރައިގައި އަނިޔާވި މީހުންގެ އަދަދު މިވަނީ 34 އަށް އަރާފަ އެވެ.

އެއަވަށްތަކަށް އިއްޔެ 121 މިލިމީޓަރުގެ ވާރޭ ވެހުނު ކަމަށްވެ އެވެ. ޕާކިސްތާނަށް މިއަހަރުގެ ސަމާ މޫސުން މިދިޔަ އަހަރަށްވުރެ ނުރައްކާތެރި ކަމަށްވެ އެވެ.

ރިޕޯޓުތައް ބުނާގޮތުގައި މި ހާދިސާގައި އެއަވަށްތަކުގެ ގެތަކާއި މަގުތައް އަދި ބުރިޖުތައް ވަނީ އެކަށް ހަލާކުވެފަ އެވެ. އަދި މަގުތައް ބްލޮކް ވުމުގެ ސަބަބުން ދަތުރުފުަތުރު ކުރުމަށްވެސް ވަނީ ހުރަސް އެޅިފަ އެވެ.

ބޯކޮށް ވާރޭވެހި ވައިޖެހޭ މި ވިލާގަނޑު މިގާރުވަނީ ޕާކީސްތާނުގެ އިރު އުތުރުން އިންޑިއާ އާ ދިމާލަށް މިސްރާބު ޖަހާފައި ކަމަށް ޕާކިސްތާނުގެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ. މި ވިއްސާރައިަގއި ވިދާ ގުގުރާނެ ކަމަށްވެސް ލަފާކުރެވޭ ކަމަށް އެގައުމުގެ މޫސުމާ ބެހޭ އިދާރާއިން ބުނެ އެވެ.