އިމްރާން އަބްދުﷲ

އިމްރާނާއި ތޮލްހަތު ގެއަށް ބަދަލުކޮށްފި

ހާއްސަ ގައިދީން ބައިތިއްބުމަށް ހިއްމަފުށީ އައްސޭރި ޖަލުގައި ހުންނަ ހާއްސަ ޔުނިޓް މަރާމާތު ކުރުމުގެ ގޮތުން އެ ޔުނިޓްގައި ތިއްބެވި، އަ ދާލަތު ޕާޓީގެ ރައީސް އިމްރާން އަބްްދުﷲ އާއި ކުރީގެ ޑިފެންސް މިނިސްޓަރު ތޮލްހަތު އިބްރާހިމް ކަލޭފާނު ގޭ ބަންދަށް ބަދަލުކޮށްފި އެވެ. އިމްރާނާއި ތޮލްހަތު ގޭބަންދަށް ބަދަލުކުރީ އެއް މަހުގެ މުއްދަތަށެވެ.

އިމްރާންއާއި ތޮލްހަތު ވެސް ބޭ ބަންދަށް ބަދަލުކޮށްފައި ވަނީ ރޭ ދަންވަރު 1:30 އެހާކަންހާ އިރު އެވެ. ކަރެކްޝަންގެ ހޯމް މިނިސްޓަރު އުމަރު ނަސީރު އެގޮތަށް ނިންމަވައިގެންނެވެ.

ހުށަހެޅި ޝަކުވާއަކާ ގުޅިގެން ހޯމް މިނިސްްޓަރު އެންގެވުމަކަށް އައްސޭރި ޖަލުގެ އެ ޔުނިޓްތައް ވަނީ އިންސްޕެކްޓް ކޮށް އެ ތަން ވަރަށް ބޮޑަށް ބާވެ ހާލަތު ދައްވެފައިވާތީ މަރާމާތު ކުރަން މިނިސްޓަރަށް ލަފާ ވެސް ދެއްވައިފަ އެވެ.