އިޒްރޭލް

24 ގަޑިއިރު ތެރޭ އިޒްރޭލުން ފަލަސްތީނުގެ 7 ގެއެއް ބިމާ ހަމަކޮށްލައިފި

އިޒްރާއިލުން ހިސޯރުކޮށްގެން އުޅޭ ފަލަސްތީނުގެ ވެސްޓް ބޭންކުގެ ހަތް ގެއެއް 24 ގަޑިއިރު ތެރޭގައި ސުންނާފަތިކޮށް ހަލާކު ކޮށްލާ ބިމާ ހަމަކޮށްލައިފި އެވެ.

ސުންނާފަތި ކޮށްލި ގެތަކުގެ ތެރެއިން ތިން ގެޔަކީ ގަބާތިޔަ އަވަށުގެ ތިން ގެއެކެވެ. އިޒްރޭލުން ބުނާ ގޮތުގައި މި ގެ ތަކުގައި އުޅުނު މީހުން ވަނީ އިޒްރޭލް ސިފައިންގެ މީހަކު މަރާލާފަ އެވެ. ފަލަސްތީނުން ބުނެފައި ވަނީ އެ ގެތައް ހަލާކު ކޮށްލީ އިޒްރޭލް ސިފައިނެއް މަރާލި ކަމުގެ ތުހުމަތު އަޅުވައި ޒާތީ ވެގެން ކަމަށެވެ.

ރޭ ދަންވަރު އިޒްރޭލް ސިފައިންވަނީ އިތުރު ތިން ގެއެއް ސުންފާނަތިކޮށްލާފަ އެވެ. އިތުރު އެހެން ގެއެއް ބިމާ ހަމަކޮށްލީ އެ ގޭގެ ވެރި މިހާ އިޒްރޭލްގެ ސިފައިންނަށް ހަމަލާ ދިން ކަމަށް ތުހުމަތު ކުރުމަށްފަހު އެވެ.

ގެ ތައް ސުންނާފަތި ކުރުމުން، ފަލަސްތީނު ރައްޔިތުންވަނީ ވެސްޓް ބޭންކުގައި ހަޅުތާލު ކޮށް އިޒްރޭލާ ދެކޮޅަށް އަޑު އުފުލާފައެވެ. މި ހަމަނުޖެހުންތަކުގައި ފަލަސްތީނުގެ މީހަކަށް އަނިޔާވެ ހޮސްޕިޓަލަށް ގެންދަންޖެހުނެވެ. އަދި ރަބަރު ވަޒަނު ބޭނުންކޮށްގެން ދިން ހަމަލާތަކުގައި އަނިޔާވެގެން އިމަޖެންސީގައި ވެސް ބަޔަކަށް ދަނީ ފަރުވާ ދެމުންނެވެ.