އިންޑިއާ

އިންޑިއާގައި ސިކުންގެ 10 މީހަކު މަރާލި ފުލުހުންތަކެއް އުމުރަށް ޖަލަށް!

ނަވާރަ ސަތޭކަ ނުވަދިހަ އެއް ވަނަ އަހަރު އިންޑިއާގައި ދީނީ އަޅުކަން އަދާކުރަން ދިޔަ ސިކު ދަރިކޮޅު މީހުންގެ 10 މީހުން މަރާލުމުގައި ބައިވެރިވި 47 ފުލުސް އޮފިސަރުން އުމުރަށް ޖަލަށްލާން އިންޑިއާގެ ކޯޓަކުން ހުކުމް ކޮށްފި އެވެ.

މިމައްސަލައިގައި އިތުރު 10 ފުލުހެއްގެ މައްޗަށްވެސް ދައުވާ އުފުލާފައިވެ އެވެ. ނަމަވެސް އެ 10 މީހުން މިހާރުވަނީ މަރުވެފަ އެވެ.

އެ ފުލުހުންވަނީ ސިކް ދަރިކޮޅުގެ ބަޔަކު ކުޑަކުދިންނާއި އާއިލާއާއެކު ދީނީ ތަންތަނަށް ބަހުގައި ޒިޔާރަތް ކުރުމަށް ދަތުރުކުރަމުން ދަނިކޮށް އެ ބަސް ހުއްޓުވާ ހުރިހާ ފިރިހެނުން ބަހުން ބާލައި ބައި ބަޔަށް ޖަންގައްޔަށް ގެންގޮސް ބަޑިޖަހައިގެން މަރާލާފަ އެވެ.

އެމައްސަލަ ތަހުގީގުކުރި ސެންޓްރަލް ބިޔުރޯ އޮފް އިންވެސްޓިގޭޝަން އިން ބުނީ އެ އަމަލު ހިންގާފައި ވަނީ މަރާލީ ޓެރަރިސްޓުން ކަން ދައްކާ ޕްރޮމޯޝަނާއި ފަހު މެޑަލް ހޯދަން ކަމަށެވެ.

އިންޑިއާ އަކީ ދީނީ ތަފާތުކުރުންތަކާއި ނަސްލީ ތަފާތުކުރުންތައް އިންތިހާއަށް ބޮޑު ގައުމެކެވެ.