ހަބަރު

މިއަހަރަށް ހާއްސަ ޝިއާރެއް ރައީސް ކަނޑައަޅުއްވައިފި

މި އަހަރަށް ހާއްސަ ޝިއާރެއް ރައީސް އަބްދުﷲ ޔާމީން އަބްދުލް ގައްޔޫމް ކަނޑައަޅުއްވައިފި އެވެ. ކަނޑައަޅާފައިވާ ޝިއާރަކީ "ސުލްހަވެރިކަން ރައްޔިތުންނަށް – ސަމާލުކަން ތަހުޒީބަށް" އެވެ.

ރައީސް އޮފީހުން ބުނީ، މި މަހުގެ 15 ވަނަ ދުވަހުން ފެށިގެން ސަރުކާރުގެ ރަސްމީ ސިޓީތަކާއި، އެކިއެކި ލިޔުންތަކުގައި އެ ޝިއާރު ބޭނުން ކުރެއްވުމަށް ރައީސް އަންގަވާފައިވާ ކަމަށެވެ.

ސަރުކާރުގެ ރަސްމީ ސިޓީތަކާއި އެކިއެކި ލިޔުންތަކުގައި އެ ޝިއާރު ޖެހުމަށްޓަކައި، އެ ޝިއާރުގެ ތައްގަނޑެއް ހެދުމާ ބެހޭގޮތުން މިނިސްޓްރީ އޮފް ހޯމް އެފެއާޒުން ސަރުކާރުގެ އޮފީސްތަކަށް މައުލޫމާތު ދޭނެ ކަމަށާއި، އެ މައުލޫމާތު ލިބުމުން، އެ ޝިއާރުގެ ތައްގަނޑު ހަދައި މި އަހަރުގެ ތެރޭގައި ޝިއާރު ބޭނުންކުރުމަށް ރައީސް ވަނީ ވިދާޅުވެފަ އެވެ.