ލައިފްސްޓައިލް

ގުދުރަތުގެ ތާސީރުން ކޮލެސްޓްރޯލް އަންދާލާ!

ސިއްހަތާ ބެހޭގޮތުން ތަފާތު ގިނަ ބަހުސްތައް ދަނީ ސިއްހީ މާހިރުންގެ މެދުގައި ކުރެވެމުންނެވެ. އަދި އާންމުންގެ މެދުގައިވެސްމެ އެވެ. މިހެން ކުރާ ބަހުސްތަކުގައިވެސް އެންމެ ހޫނުވާ މައުލޫތަކުގެ ތެރޭގައި ކޮލެސްޓްރޯލް ހިމެނޭނެ އެވެ. ކޮލެސްޓްރޯލްގެ ވާހަކައަކީ މިހާގިނައިން ދެކެވޭ ވާހަކައަކަށް ވިޔަސް ކޮލެސްޓްރޯލާ ބެހޭގޮތުން އުފެދޭ ސުވާލުތައް މަދެއް ނޫނެވެ. ކޮލެސްޓްރޯލް ހުންނަ މިންވަރު މަދުކުރަން ކާނީ ކޯއްޗެއް ކަމާމެދުވެސް ސުވާލު އުފައްދަ އެވެ. ކޮލެސްޓްރޯލްގެ ސަބަބުން ހަށިގަނޑަށް ލިބޭ ގެއްލުންތަކާ ބެހޭގޮތުންވެސް އެތައްހާސް ސުވާލުތަކެއް އުފެދެ އެވެ.

ކޮލެސްޓްރޯލަކީ ކޮބާ؟

ކޮލެސްޓްރޯލަކީ އިންސާނާގެ ހަށިގަނޑަށް ކޮންމެ ދުވަހަކުވެސް ބޭނުންވާ އަސާސީ މާއްދާތަކުގެ ތެރޭގައި ހިމެނޭ މުހިންމު މާއްދާއެކެވެ. ކޮލެސްޓްރޯލަކީ ވެކްސީކޮށް ހުންނަ މާއްދާއެކެވެ. ކޮލެސްޓްރޯލް ލިބޭ މާއްދާތަކުގެ ތެރޭގައި ކުކުޅު، ކުކުޅު ބިސް، މަސް އަދި އެއްގަމު މަސް ހިމެނެ އެވެ. ކޮލެސްޓްރޯލަކީ ސަރުބީ ފަދައިން ކަސްރަތުކޮށްގެން އަންދާލާނެ އެއްޗެއް ނޫނެވެ. ކޮލެސްޓްރޯލަކީ އެއިން ފައިދާ ނުވަތަ ގެއްލުންވެސް ލިބިދާނެ އެއްޗެކެވެ. އެއެއް ޑިޕެންޑުވަނީ ހަށިގަނޑު އުފައްދާ ކޮލެސްޓްރޯލްގެ މައްޗަށެވެ.

ކޮލްސްޓްރޯލްގެ ބާވަތްތަކަށް ބަލާއިރު ހިމެނެނީ އެލްޑީއެލް ނަމަކަށް ކިޔާ ބާވަތެއް އަދި އެޗްޑީއެލް ނަމަކަށް ކިޔާ ބާވަތެކެވެ. ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލުން ހާމަކޮށްފައިވާ ތަފާސް ހިސާބުތަކަށް ބަލާއިރު ދުނިޔޭގެ އާބާދީގެ 73.5 ބޮޑެތި މީހުންގެ ހަށިގަނޑުގައި އެލްޑީއެލް ކޮލެސްޓްރޯލް ހިމެނެ އެވެ. އެލްޑީއެލް އަކީ ލިޕޯޕްރޮޓީން ހުންނަ މިންވަރު މަދު ބާވަތެކެވެ. ލިޕޯޕްރޮޓީން އަކީ ފެޓް ހިމެނޭ ޕްރޮޓީންގެ މާއްދާ އެވެ. އަދި މއިީ ހަށިގަނޑުގެ ޓިޝޫތަކަށް ކޮލެސްޓްރޯލް ފޮނުވައިދޭ މާއްދާ އެކެވެ. ދެން މިއޮތް ބާވަތް ކަމަށްވާ އެޗްޑީއެލް އަކީ ހިތުގެ ބަލިތަކަށް މަގުފަހިކޮށްދޭ ކޮލެސްޓްރޯލްގެ ބާވަތެކެވެ. ކޮލެސްޓްރޯލް ހުންނަ ކާނާ މާގިނައިން ބޭނުންކުރާނަމަ އެޗްޑީއެލް ހަށިގަނޑަށް އެތެރެވާ މިންވަރު އިތުރުކޮށްދީ ހިތުގެ ބަލިތައް ޖައްސަ އެވެ. ނަމަވެސް މި ކޮލެސްޓްރޯލް އަކީ ހަށިގަނޑަށް މުހިންމު އަދި ފައިދާހުރި ކޮލެސްޓްރޯލް ކަމަށްވެ އެވެ. އެޗްޑީއެލް ކޮލެސްޓްރޯލް އަކީ އެލްޑީއެލް ކޮލެސްޓްރޯލް ހަށިގަނޑުގައި ހުންނަ މިންވަރު ދަށްކޮށްދޭ ބާވަތެއް ކަމަށްވެސް ވެއެވެ. އަދި މިއީ ސެކްސް ހޯމޯންސް އުފައްދަންވެސް އެހީތެރިވެދޭނެ ކޮލެސްޓްރޯލް އެކެވެ.

ކޮލެސްޓްރޯލްގެ ދައުރު

އަހަރުމެންގެ ހަށިގަނޑު ގުދުރަތުން އުފެދިފައި ހުންނަނީ ހަށިގަނޑަށް ކޮލެސްޓްރޯލް އުފެދޭ ނިޒާމާ އެކުގަ އެވެ. އެހެންވީމަ ހަށިގަނޑަށް ބޭނުންވާ ވަރަށް ކޮލެސްޓްރޯލް ނުލިބިދާނެތީ އެކަމާ ހާސްވާކަށް ނުޖެހެ އެވެ. ކުކުޅު ބިސް، މަސް އަދި އެއްގަމު މަސް ހިމެނޭ ކާނާ ބޭނުންކުރުމުން ހަށިގަނޑަށް ކޮލެސްޓްރޯލް ލިބޭނެވެސް މެއެވެ. މޭވާ އާއި ތަރުކާރީ އަކީ އޭގެ ޒާތުގައި ކޮލެސްޓްރޯލް ހިމެނޭ ކާނާއެއް ނޫނެވެ. ނަމަވެސް މާގިނައިން އެނިމަލް ޕްރޮޓީންސް ހަށިގަނޑަށް އެތެރެވުމަކީ ހަށިގަނޑުގައި ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުވާނެ ކަމެކެވެ. އެހެންވީމާ ކެއުމުގައި ހިމަނާނެ ކާނާ ( އެނިމަލް ޕްރޮޓީން) ތަކާއި ނުހިމަނާނެ ކާނާތައް ފާހަގަކޮށްފައި ބެހެއްޓުމަކީ މުހިންމު ކަމެކެވެ. ހިތުގެ ބަލިތަކާއި ގާތް ކާނާތަކާއި ދުރުވުމަކީ މުހިންމު ކަމެކެވެ.

ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދޭ ބައެއް ކާނާ

މިއީ އެންޓިއޮކްސިޑެންޓު އަދި ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދޭ މާއްދާތައްވެސް އެކުލެވޭ ގޮތަށް ތައްޔާރުކޮށްފައި ހުންނަ ބައެއް ކާނާ އެވެ. އަދި އެއީ ސިއްހަތަށް ފައިދާހުރި ސަަރުބީވެސް އެކުލެވޭ ކާނާ އެވެ. މި ސަރުބީ އަކީ އެޗްޑީއެލް ކޮލެސްޓްރޯލް އުފައްދާ މިންވަރު އިތުރުކޮށްދޭ އެއްޗެއްވެސް މެ އެވެ. އެހެން ވީމާ މި ޑައިޓުގައި ހިމެނިދާނެ ކާނާތަކަކަީ ކޮބައި ހެއްޔެވެ؟

1. އޯޓްސް

އޯޓްސް އަކީ އޭގައި ހައި ކޮލިޓީ ކާބޯހައިޑްރޭޓްސް ހިމެނޭ އެއްޗެކެވެ. މިހެންވުމުން ލޭގައި ހަކުރު ހުންނަ މިންވަރު އިތުރުވިޔަނުދީ އެެއް މިންވަރެއްގައި ހިފަހައްޓާލަދެ އެވެ. އަދި މިއީ އެލްޑީއެލް ކޮލެސްޓްރޯލް ހުންނަ މިންވަރު ދަށްކޮށްދީ ލޭ ހޮޅިތަކުގެ މަސައްކަތަށް އެހީތެރިވެދޭ އެއްޗެކެވެ. އޯޓްސް މިއީ ހެނދުނުގެ ނާސްތާއަށް ބޭނުންކުރަން ވަރަށް ރަނގަޅު އެއްޗެކެވެ. މާލޭގެ ގިނަ ފިހާރަތަކުން އަދި އަތޮޅުތެރޭންވެސް މިހާރު ހެޔޮ އަގުގައި އޯޓްސް ލިބެން ހުރެ އެވެ.

2. ބްލޫ ބެރީ

ބްލޫބެރީ އަކީ އޭގައި ގިނަ އަދަދަކަށް ފްރީ ރެޑިކަލްސް ހިމެނޭ އަދި ލޭހޮޅިތަކުގެ ދައުރު އެންމެ ފުރިހަމައަށް އަދާކުރަން އެހިތެރިވެދޭ އެއްޗެކެވެ. އަދި ލެއިން ފެޓީ ޓިޝޫތައް ސާފުކޮށްދޭ މޭވާ އެއްވެސް މެ އެވެ. ހިތުގެ ބަލިތައް ޖެހުމާއި ދުރުކޮށްދެ އެވެ. އެހެންވީމާ ކޮންމެ ދުވަހަކުވެސް 1/2 ޖޯޑު ބްލޫބެރީ ކެއުމުގައި ހިމަނަން އާދަކުރާށެވެ. ކޮންމެ އިރެއްގައި ވިޔަސް ވަރިހަމަ އެވެ. ހަމަ އެކަނި ބްލޫބެރީ ކެއުމުގެ ބަދަލުގައި އެއާއެކު ސްޓްރޯބެރީ އާއި ރާސްބެރީވެސް ބޭނުންކުރެވިދާނެ އެވެ.

3. ބިސް
ބިހަކީ ކޮލެސްޓްރޯލް މަދުކުރަން މަސައްކަތް ކުރާއިރު ވަރަށް މުހިންމު ސަމާލުކަމެއް ދޭން ޖެހޭ އެއްޗެކެވެ. އެހެން ވީމާ ބިސް ކާއިރު ކޮ،ިޓީ ރަނގަޅު ތާޒާ ބިސް ބޭނުންކުރަން ހަނދާން ކުރާށެވެ. ބިހުގެ ހުރިހާ ވައްތަރަކީވެސް އެލްޑީއެލް ކޮލެސްޓްރޯލް މަދުކުރަން މަސައްކަތް ކޮށްދޭ އެއްޗެކެވެ. މިއީ ޕްރޮޓީން އިން މުއްސަނދިވެފައިވާ އެއްޗެކެވެ.

ހިތުގެ މައްސަލަތައް ހުންނަ ފަރާތްތަކުން ބިސް ފަދަ ކޮލެސްޓްރޯލް ދަށްކޮށްދޭ ކާނާތައް ބޭނުންކުރުމުގެ ކުރިން ޑޮކްޓަރުގެ ލަފަޔާއި އިރުޝާދު ހޯދަންވާނެ އެވެ. ބިސް އާންމުގޮތެއްގައި ހެނދުނުގެ ނާސްތާއަށް އަދި ރޭގަނޑުގެ ކެއުމުގައި ހިމެނުމަކީ އެދެވިގެންވާ ގޮތެއް ކަމަށް ސިއްހީ މާހިރުން ބުނެ އެވެ. ބިހުގައި ކޮންމެ އެއްޗެއް ތައްޔާރުކުރިއަސް ހަމަ އެންމެ ރަނގަޅުވާނެ އެވެ.

4. ޗޮކްލެޓު

ރޯ ކޮކޯ އަދ ޑާކް ޗޮކްލެޓަކީ އޭގައި ގިނަ އަދަދަކށް ފައިބާ އަދި އެންޓިއޮކްސިޑެންޓް ހިމެނޭ އެއްޗެކެވެ. އެހެންކަމުން އެލްޑީއެލް ކޮލެސްޓްރޯލް ހުންނަ މިންވަރު މަދުކުރަން އެހީތެރިވެދެ އެވެ. އަދި ކޮންމެ ދުވަހަކުވެސް ވަކި މިންވަރަކަށް ބޭނުންކުރުުން އެޗްޑީއެލް ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުކޮށްދެ އެވެ. ކޮކޯ އަކީ އޭގައި ފެޓް ހިމެނޭ އެއްޗަކަށް ވިޔަސް ފައިބާ އަދި އެންޓިއޮކްސިޑެންޓްވެސް ހިމެނޭ އެއްޗަކަށް ވާތީ ކޮލެސްޓްރޯލް ހުންނަ މިންވަރު އިތުރުކޮށްދެ އެވެ. ކޮކޯ ޕައުޑަރު ޔޯގަޓް ނުވަތަ އޯޓް މީލް އާ އެކުވެސް ބޭނުންކުރެވިދާނެ އެވެ.

މިހާރު ތިއުޅެނީ ކޮލެސްޓްރޯލް މަދުކުރާ ޑައިޓެއްގަ އެވެ. އެހެން ވީމާ ކޮލެސްޓްރޯލް މަދުކުރަން އަދިވެސް އިތުރަށް ކުރެވިދާނެ އެހެން ކަމެއްވެސް ހިމަނާލާނަމެވެ. ކޮންމެ ރެއަކުވެސް އެންމެ މަދުވެގެން 7-8 ގަޑިއިރު ނިދަން އާދަކުރާށެވެ. އަދި ސިއްހަތަށް ގެއްލުންވާ ސިނގިރޭޓު ބުއިން ފަދަ ކަންކަމުންވެސް ދުރުވާށެވެ. އަދި ހާއްސަކޮށް ކެއުމުގައި މޭވާ އާއި ތަރުކާރީ ހިމަނަން އާދަކުރަންވާނެ އެވެ. މިއީ ކޮލެސްޓްރޯލް ދަށްވުކުމުގެ އިތުރުން ހިތުގެ ބަލިތަކާއި ދުރުކޮށްދޭ ކަމެއްވެސް މެ އެވެ.

އަދި މޭވާ އާއި ތަރުކާރީ ބޭނުންކުރާއިރުވެސް ފެހި މޭވާ އަދި ތަރުކާރީ ބޭނުންކުރަން އިސްކަން ދޭށެވެ.