ރާއްޖެ ކުޅިވަރު

އޭޝިއަން ކަޕް ޕްލޭއޯފްގައި ރާއްޖެއާ ދެކޮޅަށް ޔަމަން

އޭޝިއަން ކަޕް ފުޓްބޯޅަ މުބާރާތުގެ ޕްލޭއޯފްގައި ރާއްޖެ އާއި ޔަމަން ވާދަކުރަން ޖެހިއްޖެ އެވެ.

ހޯމް އެންޑް އަވޭ އުސޫލުން ޕްލޭއޯފްގެ ފުރަތަމަ މެޗު ކުޅޭނީ އަންނަ ޖޫން މަހުގެ ދެ ވަނަ ދުވަހު އެވެ. ދެ ވަނަ މެޗު ކުޅޭނީ ޖޫން ހަތް ވަނަ ދުވަހު އެވެ.

ފުރަތަމަ މެޗު ކުޅޭނީ ރާއްޖޭގަ އެވެ. ދެ ވަނަ މެޗު ޔަމަނުގެ ވެރިރަށް ސަންއާގަ އެވެ.

މި ފަހަރުގެ މުބާރާތުގެ ޕްލޭއޯފްގައި ރާއްޖެ ކުޅެން ޖެހުނީ ވޯލްޑް ކަޕް ކޮލިފައިންގައި އޭޝިޔާ ރޭންކިންގެ އެންމެ ނަތީޖާ ގޯސް ޓީމުތަކުގެ ތެރޭގައި ވެސް ހިމެނުމުންނެވެ.

ރާއްޖެ އާއި ޔަމަން ވަނީ 2010 ވަނަ އަހަރުގެ ވޯލްޑް ކަޕް ކޮލިފައިންގެ ޕްލޭއޯފްގައި ވެސް ކުޅެފަ އެވެ. އެ ފަހަރު މޮޅުވީ ޔަމަން އެވެ.