މޯލްޑިވިއަން އައިޑޮލް

މިރޭގެ ޝޯގެ ގެސްޓް ޖަޖު ވަރަށް ހާއްސަ!

މޯލްޑިވިއަން އައިޑޮލްގެ އޮޑިޝަނުން 600 ކުދިންނާ ވާދަކޮށް ގޯލްޑަން ޓިކެޓް ލިބިގެން މުބާރާތަށް ހޮވުނު 45 ކުދިންގެ ތެރެއިން ޝޯގައި މިހާރު ތިބި ކުދިންގެ އަދަދު މިވަނީ ހައެއަކަށް އަކަށް މަދުވެފަ އެވެ. މުބާރާތުގެ އެންމެ ފޯރި ގަދަ ހިސާބާ ހަމައަށް އައި އިރު ގިނަ ބަޔަކު މިވަނީ މި އައިޑޮލްގެ ރަން ވަނަ ހާސިލް ކުރާނެ ފަރާތްތައް ހިތާ ހިތުން ނިންމާފަ އެވެ. އައިޑޮލް ގެންދާނީ މިވެނި ކުއްޖެކޭ ބުނެ "ބެޓު" ކުރުންތައް ބެލުންތެރިން ފަށާފަ އެވެ.

މޯލްޑިވިއަން އައިޑޮލްގެ ގާލާ ރައުންޑުގެ އަށްވަނަ ޝޯ މިރޭ ދައްކާނެ އެވެ. މިރޭ ބައިވެރިން ލަވަ ކިޔަން ހަމަޖެހިފައިވާ ތީމަކީ "ޑިސްކޯ ނައިޓް" އެވެ. "ޑިސްކޯ ނައިޓް"ގައި އިވިގެން ދާނީ ވަރަށް އަވަސް ފޯރިގަދަ ލަވަތަކެކެވެ. މިރޭގެ ޝޯ ފޯރިގަދަވާނެ އެވެ. ޑިސްކޯ ޖައްސާލަން ތައްޔާރުވެލާށެވެ. މިރޭގެ ޝޯ ތަފާތުވާނެ މިއީ ވަރަށް ބޮޑު ސަބަބެކެވެ.

ބޮޑު ސަޕްރައިޒެއް އެބަ އޮތް!

މިރޭގެ ޝޯގައި ބެލުންތެރިންނަށް ވަރަށް ބޮޑު ސަޕްރައިޒެއް ވެސް ލިބޭނެ އެވެ. ޒުވާން ހުނަރުވެރި ގެސްޓް ޖަޖެއް މިރޭގެ ޝޯގައި ފެންނާނެ އެވެ. މިހާތަނަށް ވެސް ޝޯގައި ގެސްޓް ޖަޖުންގެ ގޮތުގައި ފެނިގެން ގޮސްފައިވަނީ ވަރަށް ވެސް ހުނަރުވެރި ފަރާތްތަކެކެވެ. އެގޮތުން މީގެކުރިން މިހާރު އެންމެ މަޝްހޫރު ލަވަ ކިޔުންތެރިޔާ މީރާ އަދި މަޝްހޫރު ޑައިރެކްޓަރު ޓެޑްރީ ގެސްޓް ޖަޖުގެ ގޮތުގައި ޝޯއިން ފެނިގެން ދިޔަ އެވެ.

މިރޭގެ ޝޯގައި ފެނިގެންދާނެ ގެސްޓް ޖަޖުގެ ނަން ބުނާކަށް ނެތީމެވެ. އެއީ ޒުވާން ހުނަރުވެރި ލަވަކިޔުންތެރިއެކެވެ. ކާކުތޯ ބަލާލަން މިރޭ 10:30 ގައި ޓީވީއެމްއަށް ޓިއުނުކޮށްލާށެވެ. އިންތިޒާރު ކޮށްލާށެވެ. ޓީވީއެމްގެ އިތުރުން ލައިވް ސްޓްރީމްކޮށްގެން ވެސް ޝޯ ބަލައިލެވޭނެ އެވެ.

މިދިޔަ ހަފުތާގެ ޝޯގައި ބައިވެރިން ލަވަ ހުށަހަޅަދީފައިވަނީ "ހަމްދީ ސްޕިޝަލް" މި ތީމަށެވެ. އެ ތީމްގެ ދަށުން ހަތް ބައިވެރިން ވަނީ ހަމްދީގެ މޮޅެތި ލަވަތައް ކިޔާފަ އެވެ.

އެންމެފަހު ޝޯ ކުރުކޮށް

ޝޯ ފަށައިދިނީ ލައިޝާ އަޑުން ކިޔައިދިން ފުރިހަމަ ލަވަޔަކުންނެވެ. ލައިޝާގެ ހުށަހަޅައިދިނީ "ރޭރޭ ދިވާނާ" އެވެ. ދެވަނައަށް ލަވަ ހުށަހަޅައިދިނީ ސޯދިގެވެ. ހުށަހަޅައިދިނީ "ސަހަރޯއެ މާފުދޭށޭ" އެވެ.

"ހިތާ ރޫހުން އަސަރުކުރަނީ" މި ހިތްގައިމު ލަވަ ހުށަހަޅައިދިނީ އިޝާން އެވެ. ފިޓްގާއީ ޒަލީފު ހުށަހަޅައިދިނީ، "މި ޒަހަރު ހިތާ" މި ލަވަ އެވެ. "ފަޒާއޭ ދިއްލެނީ ރޭރޭ" ހުށަހަޅައިދިނީ ރޮކްސްޓާ މުއައްޒިން އެވެ. ލޯބިލޯބި ކުޑަ ފިރިހެން ކުއްޖެއްގެ ފަހުރުވެރި ބައްޕަ ކަމަށްވާ ފާލިހު ހުށަހަޅައިދިނީ "ވޭނީ ވާރޭ ވާރޭ" މި ލަވަ އެވެ. ޝޯ ނިންމާލީ ޝަލަބީ އެވެ. ޝަލަބީ ހުށަހަޅައިދިން ލަވައަށް ތިން ޖަޖުންގެ ފަރާތުން ސްޑޭންޓިން އޮވޭޝަނެއް ލިބުނެވެ. ޝަލަބީ ހުށަހަޅައިދިނީ "މަންމާ މިދޭ އިހްތިރާމް" މި ލަވަ އެވެ.

މީގެއިތުރުން މިދިޔަ ހަފުތާގެ އެލިމިނޭޝަން ޝޯގައި ބައިވެރިން ވަނީ ޑައިރެކްޓަރު ޓެޑްރީގެ ލަވަތައް ކިޔާފަ އެވެ. އެ ލަވަތަކުން ބެލުންތެރިންގެ ހިތްތައް އަތުލައިގަތެވެ.

މިރޭ ވެސް ބައިވެރިން ހުށަހަޅައިދޭ ލަވަތަކަށް ޖަޖުން މާކްސް ދޭ އިރު މާދަމާގެ ހަވީރު ހަތަރެއް ޖަހަންދެން ބެލުންތެރިންނަށް އެސްއެމްއެސް ކުރެވޭނެ އެވެ. އަދި މާދަމާ ރޭގެ ޝޯ އިން ވެސް ބައިވެރިޔަކު މުބާރާތާއި ވަކިވެގެންދާނެ އެވެ. އެންމެފަހުން ޝޯއިން ވަކިވެގެންދިޔައީ ސޯދިގެވެ.

ޝޯގައި "ނޯ އެލިމިނޭޝަން" ވަނީ އިއުލާންކޮށްފަ އެވެ. މި ބާރަކީ ޖަޖުން ލިބިދޭ ހާއްސަ ބާރެކެވެ. އެއް ފަހަރު ބޭނުންކުރެވޭ މި ބާރުގެ އެހީގައި ޖަޖުންނަށް ބައިވެރިޔަކު ޝޯއިން ވަކިވުން ހުއްޓުވޭނެ އެވެ.